ހުޅުމާލޭ ހޮސްޕިޓަލްގެ އާންމު ހިދުމަތްތައް ހުއްޓާލައި ކޯވިޑަށް ފަރުވާދޭ މަރުކަޒަކަށް ހަދަނީ

ހުޅުމާލޭ ހޮސްޕިޓަލް ކޯވިޑަށް ފަރުވާދޭ ފެސިލިޓީއަކަށް ބަދަލު ކުރަން ނިންމައިފި އެވެ. ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޯސްވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވަނީ މިއަދު 250 އަށ...

09 May 2021 | 18:16

ހުޅުމާލޭ ހޮސްޕިޓަލް ކޯވިޑަށް ފަރުވާދޭ ފެސިލިޓީއަކަށް ބަދަލު ކުރަން ނިންމައިފި އެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޯސްވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވަނީ މިއަދު 250 އަށް އަރާފައި އެވެ. އެޗްޕީއޭއިން ބުނީ މާލެ ކޯވިޑަށް ފަރުވާދޭ ފެސިލިޓީތަކުގެ 80 ޕަސެންޓު މިހާރު ފުރިފައިވާ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލްގެ އާންމު ހިދުމަތްތައް ހުއްޓާލައި ކޯވިޑަށް ހާއްސަ މަރުކަޒަކަށް ހެދުމަށް ނިންމީ ނާކެ ސަރަހައްދުގައި ކޯވިޑަށް ފަރުވާދޭ ފެސިލިޓީތަކުގެ ޖާގަ ފުރޭތީ އެކަމަށް ހައްލު ގެނައުމަށް ކަމަށެވެ އޭނާ ވިދާޅުވީ އެ ތަނުގައި ހެދުމަށް ނިންމަފައިވަނީ 120 އެނދުގެ ފެސިލިޓީއެއް ކަމަށެވެ.

އެގޮތުން ފެސިލިޓީގައި ބޭނުން ކުރާނެ 58 އެނދަކީ މިހާރު ހުޅުމާލޭ ހޮސްޕިޓަލްގައި ބޭނުން ކުރާ އެނދު ކަމަށް ވިދާޅުވި އެވެ. ހުޅުމާލޭ ހޮސްޕިޓަލްގައި ހަދާ ކޯވިޑް ފެސިލިޓީ އަކީ އައިސީޔޫގެ ހިދުމަތް ދެވޭ ގޮތަށް ހޮސްޕިޓަލާއި ވަކިން އިންނަ އިމާރާތެއްގައި ހަދާ ތަނެކެވެ.

ނާސިރު ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލް ކޯވިޑް ފެސިލިޓީއަކަށް ބަދަލު ކުރިޔަސް އެތަނުން އެމަޖެންސީގެ ހިދުމަތާއި ސީޓީ ސްކޭނާއި ޑަޔަލަސިސް ފަދަ ހިދުމަތްތައް ލިބޭނެ ކަމަށެވެ. އެކަމަކު އޯޕީޑީ ބަލި މީހުން އެޑްމިޓް ކުރުން ހުއްޓާލާނެ ކަމަށް ނާސިރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް