ރ. ހުޅުދުއްފާރާއި ގދ. ގައްދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ދެ ރަށުގެ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. ހުޅުދުއްފާރާއި ގައްދޫ މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދާ ނިމެންދެންނެވެ.
މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ދެ ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
ހުޅުދުއްފާރުން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ އެ ރަށު ސްކޫލްގެ ދަރިވަރުންތަކެވެ. މިހާތަނަށް ހަތަރު ކުއްޖަކު ޕޮސިޓިވްވެފައިވާ ކަމަށް އެ ރަށު ކައުންސިލުން މީޑިއާގައި ބުނެފައިވެ އެވެ.
ގައްދޫއިން މިހާތަނަށް ތިން މީހަކު ޕޮސިޓިވްވެފައިވާ ކަމަށްވެ އެވެ.
ކޯވިޑް ކޭސްތަކާއި ގުޅިގެން އަތޮޅު ތެރޭގެ 31 ރަށެއް މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް