ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މަންމާފުޅު، މޫމިނާ ހުސެއިންފުޅު ކޮވިޑަށް ޕޮޒިޓިވް ވެ މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.
ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ދެންނެވީ ރައީސް ސޯލިހްގެ މަންމާފުޅު ކޮވިޑަށް ޕޮޒިޓިވް ވިކަން އެނގުނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި މިހާރު އެޑްމިޓް ކޮށްފައިވާކަމަށެވެ.
ރައީސް މަންމާފުޅު އެޑްމިޓް ކޮށްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ކަމުގައިވެސް ދުވަހަށް މައުލޫމާތު ހިއްސާ ކުރެއްވި ފަރާތުން ދެންނެވިއެވެ.
ހޮސްޕިޓަލުގައި އެޑްމިޓް ކުރި ނަމަވެސް ހާލުކޮޅު ރަނގަޅު ކަމުގައިވެސް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ދެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް