ކޮވިޑު އަދަދު މިއަދު ހާހުން މައްޗަށް !

ރާއްޖެއިން މިއަދު ކޮވިޑު ޖެހުނު އަދަދު ހާހުން މައްޗަށް ގޮސްފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. މި އަދަދު މިއަދު ހާހުން މައްޗަށް ގޮސްފައިވާއިރު މިއީ ރެކޯޑު އަދަދެކެވެ. އެންމެ މައްޗަށްވެސް ގޮސްފައިވަނ...

09 May 2021 | 15:18

ރާއްޖެއިން މިއަދު ކޮވިޑު ޖެހުނު އަދަދު ހާހުން މައްޗަށް ގޮސްފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މި އަދަދު މިއަދު ހާހުން މައްޗަށް ގޮސްފައިވާއިރު މިއީ ރެކޯޑު އަދަދެކެވެ. އެންމެ މައްޗަށްވެސް ގޮސްފައިވަނީ 766 އަށެވެ.

މި އަދުގެ އަދަދު ހާހުން މައްޗަށް ގޮސްފައިވާއިރު، އިއްޔެ އަދަދު އުޅުނީ 500 ގައެވެ. ނަމަވެސް ސާމްޕަލްތަކުގެ ބޮޑު ބެކްލޮގެއް ހުރިކަން މަބްރޫކް އަޒީޒް ރޭގެ ޕްރެސްގައި ފާހަގަކުރެއްވިއެވެ.

މަބްރޫކް ވިދާޅުވީ 4000 އަށްވުރެ ގިނަ ސާމްޕަލްގެ ބެކްލޮގެއް ހުރި ކަމަށެވެ. އަދި އެ ބެކްލޮގް ކްލިއާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރޭގައި 500 އިން މައްޗަށް ޕޮޒިޓީވް ވީ 4000+ ސާމްޕަލް ޕްރޮސެސް ކޮށްގެންނެވެ. އެހެންކަމުން މިއަދު ހާހުން މައްޗަށް ގޮސްފައިވާއިރު އިއްޔެގެ ބެކްލޮގް ކްލިއާ ވެފައިވުން އެކަށީގެންވެއެވެ.

ކޮވިޑު އަދަދު ހާހުން މައްޗަށް ދިޔަކަން ޔަގީންވި ނަމަވެސް މިއަދުގެ ސީދާ އަދަދު ދުވަހަށް ކަށަވަރު ވެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް