ބޮން ގޮއްވި މައްސަލައިގާ ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ.
ހައްޔަރުކޮށްފައިވާ ތިން މީހުން:
- އަދުހަމް އަހްމަދު ރަޝީދު، ވ. ތިނަދޫ / ހިޔާ
- މުޖާޒް އަހްމަދު، މއ. ފޭރުގެ / ކ. މާލެ
- ތަހުމީން އަހްމަދު، ފޮޅޭމާ /ގއ. ކޮނޑޭ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ތިން މީހުންގެ ތެރެއިން ބޮން ގޮއްވާލި، އަދުހަމް އާއި މުޖާޒް އަހްމަދުގެ ހަރަކާތްތައް އެ ރޭ ހުރިގޮތް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ތިން މީހުންގެ ތެރެއިން މުޖާޒް އާއި ތަހްމީން ހައްޔަރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މައި ސަސްޕެކްޓް ކަމަށްވާ އަދުހަމް ހައްޔަރު ކޮށްފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް