ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ މެއިން ސަސްޕެކްޓް ހައްޔަރު ކުރީ އާންމުންގެ އެހީތެރިކަމާއެކުގައި ކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާލޭގައި އަދުހަމް އުޅޭ ގެއިން އޭނާ ހައްޔަރުކޮށްފައިވަނީ އާންމު ފަރާތަކުން ދިން މައުލޫމާތެއްގެ އެހީގައި ކަމަށެވެ. އަދި އަދުހަމް ދެނެގަތުމުގައި އާންމުންގެ ފަރާތުން އެހީތެރިކަން ލިބިގެން ދިޔަކަން ފުލުހުން ފާހަގަކުރިއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި އަދުހަމް ވަނީ އޭނާގެ ސިފަ ބަދަލުކުރުމަށްވެސް މަސައްކަތް ކޮށްފައެވެ. އެގޮތުން ތުނބުޅި މަތިމަސް ބާލައި، ބޯވެސް އިތުރަށް ތުނި ކުރިކަމަށް ފުލުހުން ބުނެފައިވެއެވެ.
ބޮން ގޮއްވާލަން އަދުހަމް އަމަލުކުރި ގޮތުގެ ވީޑިއޯވެސް ފުލުހުން މިއަދު ދައްކާފައިވެއެވެ. އެގޮތުން އަތަމާ ޕެލަސްގެ ދޮރު ކައިރީގައި އަދުހަމް ހަރަކާތްތެރިވި ގޮތާއި ބޮން ގޮއްވާލުމަށްފަހު ދެން އޭނާ ދިޔަ ތަންތަންވެސް ފުލުހުން ދައްކާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް