ރާއްޖޭގައި 60 އަހަރުން މަތީގެ މީހުންނަށް ސިނޮފާމް ވެކްސިން ދެނީ

ކޯވިޑް-19 އަށް ދެމުންދާ ސޮނޮފާމް ވެކްސިން 60 އަހަރުން މަތީގެ މީހުންނަށް ޖަހަން ފަށަން ރާއްޖެއިން ތައްޔާރުވެއްޖެ އެވެ. ޑަބްލިއުއެޗްއޯގެ އިމަޖަންސީ ޔޫސް ލިސްޓުގައި ސިނޮފާމް ވެކްސިން މިދިޔަ ހުކުރު ދުވަހު...

09 May 2021 | 09:48

ކޯވިޑް-19 އަށް ދެމުންދާ ސޮނޮފާމް ވެކްސިން 60 އަހަރުން މަތީގެ މީހުންނަށް ޖަހަން ފަށަން ރާއްޖެއިން ތައްޔާރުވެއްޖެ އެވެ.

ޑަބްލިއުއެޗްއޯގެ އިމަޖަންސީ ޔޫސް ލިސްޓުގައި ސިނޮފާމް ވެކްސިން މިދިޔަ ހުކުރު ދުވަހު ވަނީ ހިމަނާފަ އެވެ. ޑަބްލިއުއެޗްއޯގެ ނިންމުމާއި އެކު މިހާރު ވަނީ އެ ވެކްސިން 60 އަހަރުން މަތީގެ މީހުންނަށް ޖެހުމުގެ ހުއްދަ ދީފަ އެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ފަރާތުން ވާހަކަ ދެއްކަވަމުން ޑރ. އަހުމަދު ޝަހީދު ރޭ ވިދާޅުވީ ޑަބްލިއުއެވްއޯގެ ނިންމުމާއި އެކު މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ރާއްޖޭގައި 60 އަހަރުން މަތީގެ މީހުންނަށް ސިނޮފާމް ވެކްސިން ދިނުމުގެ ހުއްދަ ދީފައި ކަމަށެވެ. މިހާތަނަށް ރާޢްޖޭގައި ސިނޮފާމް ވެކްސިން ދެމުން ދަނީ އުމުރުން 18-60 އަހަރާއި ދެމެދުގެ މީހުންނަށެވެ.

އެކަމަކު އެ ކެޓަގަރީގެ މީހުންނަށް ސިނޮފާމް ވެކްސިން ދޭން ފަށާނެ ދުވަހެއް ވިދާޅެއް ނުވެ އެވެ.

ޑރ. ޝަހީދ ވިދާޅުވީ ޑްބަލިއުއެޗްއޯގެ އިމަޖަންސީ ޔޫސް ލިސްޓުގައި ސިނޮފާމް ހިމެނީމުން އެކިއެކި ގައުމުތަކުން ވެސް ކޮވެކްސް މެދުވެރިކޮށް ސިނޮފާމް ބޭނުންކުރަން ފަށާނެ ކަމަށެވެ.

ރާއްޖޭގައި މިހާރު ބޭނުން ކުރަމުންދަނީ ޗައިނާ ސަރުކާރުން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ ދެ ލައްލަ ޑޯޒާއި އަމިއްލަ ދެ ފަރާތަކުން ހަދިޔާކުރި 1،0000 ޑޯޒު ވެކްސިނެވެ. މިހާތަނަށް ސިނޮފާމް ވެކްސިން ޖެހި މީހުންގެ ފަރާތުން ސައިޑް އިފެކްޓުގެ ގޮތުގައި ފެންނަމުން ދަނީ ބޮލުގައި ރިއްސުން އެކަނި ކަމަށްވެ ވެ އެވެ.

ރާއްޖޭގައި ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ދެމުން އަންނަނީ ފުރަތަމަ ޑޯޒް ޖަހާތާ، ހަތަރު ހަފްތާ ނުވަތަ މަހެއް ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް