ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) މަރާލަންޖެހޭ ކަމަށް ނ. ކުޑަފަރީ ޓީޗަރަކު ފޭސްބުކްގައި ބުނި މައްސަލައިގަ އޭނާ ސަސްޕެންޑުކޮށްފި އެވެ.
އެ ޓީޗަރު އޭނާގެ ފޭސްބުކްގައި ވައްޑޭއާ މުހާތަބުކޮށް ލިޔެފައިވަނީ "ތައުބާނުވެއްޖެނަމަ މަރާލަން ޖެހޭ" ކަމަށެވެ.
މި މައްސަ؛ލައިގަ ޓީޗަރުގެ ފޭސްބުކް ޕޯސްޓުގެ ސްކްރީން ޝޮޓެއް ހިއްސާކުރައްވައި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ އެ ޓީޗަރު ލިޔެފައިވާ ޕޯސްޓު އެޑިޓްކޮށްލަން އެޑިއުކޭޝަން ޕީއެސް އެންގިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅިގެން ފުލުހުން އެއްވެސް އެއްޗެއް ބުނެފައިނުވާ ކަމަށް ފިރުޝާން ވިދާޅުވިއެވެ.
އެ ޓްވީޓަށް ރައްދުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހުމަދު އަލީ ވިދާޅުވީ، އެ މެސެޖް ލިބުމާއިއެކު ސްކޫލުގެ އިސްވެރިޔާގެ ސަމާލުކަމަށް ގެނެވުނު ކަމަށެވެ. އަދި މުވައްޒަފު ޖަވާބުދާރީ ކުރެވުނު ކަމަށް ޕީއެސް ވިދާޅުވިއެވެ. އެއީ ބޮޑު ކުށަކަށްވާއިރު މައްސަލައިގެ އިދާރީ ތަހުގީގު ނިންމައި ސީއެސްސީ އަށް ލަސްތަކެއް ހުށައެޅޭނެ ކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ކުޑަފަރީ ސްކޫލްގެ ޕްރިންސިޕަލް މީޑިއާގައި ވިދާޅުވީ އެ މައްސަލައިގަ އެޅި ފިޔަވަޅަކީ މައްސަލަ ބަލާ ނިމެންދެން އެ ޓީޗަރު ސަސްޕެންޑު ކުރުން ކަމަށެވެ. އޭނާ ވަޒީފާއިން ސަސްޕެންޑު ކޮށްފައިވަނީ އެއް މަސްދުވަހަށެވެ.
ވައްޑޭ މަރާލަން ގޮވާލައި އެމީހާ ފޭސްބުކްގައި ޕޯސްޓު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރު ހިފަން ކެބިނެޓްގައި މަޝްވަރާ ކުރުމުން ވައްޑެ އެ ކަމަށް ފާޑުވިދާޅުވެފައި އޮތުމުންނެވެ. މިދިޔަ ކައުންސިލް އިންތިހާބުގެ ތެރޭގައި ދެއްކެވި ވާހަކައެއްގައި ވައްޑޭ ވިދާޅުވީ އެ ކަން ކުރަން އުޅުނު މީހުންނަކީ "ސިކް" މީހުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް