އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް މިހާރު ދެމުން ގެންދާ ހަމަަލާތައް ރާއްޖެއިން ކުށްވެރި ކޮށްފި އެވެ.
އިޒްރޭލުން، ލަސްތީނުގެ އިތުރުމަތީ ގުދުސްގައި ވަރުގަދަ އޮޕަރޭޝަނެއް ފަށައި ދަނީ ހަމަލާތައް ދެމުން ނެވެ. ހާއްސަކޮށް ރޯދަ މަހު މަސްޖިދުލް އަގްސާގައި ނަމާދު ކުރަން ތިބޭ މީހުންނަށް ދޭ ހަމަލާ ދިނުމާއި އިރުމަތީ ގުދުސްގެ ޖައްރާގައި ދިރިއުޅޭ އާއިލާތަކެއް ގަދަކަމުން އެ މީހުންގެ ގެދޮރުން ބޭރު ކޮށްލުމުގެ ވަރުގަދަ އޮޕަރޭޝަނެއް އިޒްރޭލުން ވަނީ ފަށާފަ އެވެ.
މި މައްސަލައިގަ ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާޔެެއްގައި ބުނެފައިވަނީ އިޒްރޭގެ އަމަލުތަކަކީ ސަރަހައްދުގެ ހަމަޖެހުމަށް އެޅޭ ހުރަހެއް ކަމަށެވެ. އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ސެކިއުރިޓީ ކައުންސިލާއި ޖެނެރަލް އެސެމްބްލީގެ ގަރާރުތަކާ ވެސް ހިލާފުވެފައިވާ ކަމަށް ބަޔާނުގައި ބުނެފަވެ އެވެ.
ރާއްޖެއިން ނެރުނު ބަޔާނުގައި ބުނެފައިވާގޮތުގައި ވޭތުވެ ދިޔަ ހަފްތާ ތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރާއިލުން ދެމުންދާ އަނިޔާތައް އިތުރުވެފައިވާ ކަމަށެވެ. އަދި އިޒްރާއިލުން ހިންގާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން މެދު އިރުމަތީގެ ސުލްހަ ގާއިމުކުރުމަށް ހުރަސް އެޅޭ ކަމަށް ސަރުކާރުން ނެރުނު ބަޔާނުގައިވެއެވެ.
މެދު އިރުމައްޗަށް ސުލްހަ ގެނެވޭނީ 1967 ވަނަ އަހަރު ކަނޑައަޅާފައިވާ ބޯޑަރާ އެއްގޮތަށް ފަލަސްތީނާއި އިޒްރޭލަކީ ވަކި ދެ ދައުލަތެއް ކަމަށް ކަނޑައަޅައި އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައެޅުމުން ކަމަށެވެ.
ރާއްޖޭގެ ބަޔާނުގައި ވަނީ ފަލަސްތީނުގެ ސަރުކާރާއި އެކީގައި ދިވެހި ދައުލަތު އޮތްކަން ކަށަވަރު ކޮށްދީފައެވެ. އަދި އިޒްރާއިލުން ފަލަސްތީނުގައި ހިންގާ އަނިޔާވެރި އަމަލުތަކާއި، ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އިޒްރާއިލުން އަރައިގަތުމަކީ ދިވެހި ސަރުކާރުން ރުހޭ ކަމެއް ނޫންކަން ޔަގީން ކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް