ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ހޯދުނު ކުރިއެރުން ރަނގަޅު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިގެން ޓެރަރިޒަމް ހަމަލާ ދިނީ އެމަނިކުފާނު ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީދީމަގުން ކާރަށް އަރާވަޑައިގެންނަވަނިކޮށެވެ. މި ހަމަލާގައި އެމަނިކުފާނަށް ސީރިއަސް އަނިޔާތަކެއް ލިބި ގިނަ އޮޕަރޭޝަންތަކެއް ކޮށްފަވެ އެވެ.
ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މި މައްސަލައިގަ ތަހުގީގު ކުރިޔަށްދާ ގޮތާއި ގުޅޭގޮތުން އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކުރިޔަށްދާ ގޮތާއި ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ރަނގަޅު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި ކުރިއެރުމުގަ ފުލުހުންގެ ހުނަރުގެ އިތުރުން ރައްޔިތުން ފޯރުކޮށްދިން މައުލޫމާތު ބޮޑު ދައުުަރެއް އަދާ ކުރި ކަމަށެވެ.
https://twitter.com/ShimranAb/status/1391278288945905667
މި މައްސަލައިގަ މިހާތަނަށް ހައްޔަރުކޮށްފައިވަނީ މއ. ފޭރުގޭ އުމުރުން 21 އަހަރުގެ މުޖާޒު އަހުމަދު، ގއ. ކޮނޑޭ ފޮޅޭމާ އުމުރުން 32 އަހަރުގެ ތަހުމީން އަހުމަދެވެ. މީގެ އިތުރުން މި މައްސަލައިގަ ހިމެނޭ އެންމެ މުހިންމު މީހާ މިއަދު ފުލުހުން ވަނީ ހުޅުމާލެއިން ހައްޔަރުކޮށްފަ އެވެ.
މިހާތަނަށް އެމީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފަ ނުވިނަމަވެސް މައުލޫމާތު ލިބިފައިވާގޮތުގަ މިއަދު ހައްޔަރު ކުރީ ވ. ތިނަދޫ، ހިޔާ އަހުމަދު އަދުހަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް