ބޮލީވިޑްގެ މަޝްހޫރު ބަތަލާ އަދި "ހުރިހާ ކަމަކާ ބެހޭ" މީހާގެ ނަމުން މަޝްހޫރު ކަންގަނާ ރަނާވަތު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
ކަންގަނާއަށް ކޯވިޑް ޖެހުނުކަން ހާމަ ކުރީ މިއަދު ކުރި އިންސްޓްގްރާމް ޕޯސްޓެއްގައި އެވެ. ކަންގަނާ ބުނީ ކޯވިޑް ޖެހުނު ނަމަވެސް ސިއްހީ އެއްވެސް މައްސަލައެއް ކުރިމަތި ނުވާ ކަމަށާއި ހާލު ވަރަށް ހާލު ވަރަށް ރަނގަޅު ކަމަށެވެ.
ކަންގަނާގެ ޕޯސްޓުގައި ކޯވިޑް ސިފަކޮށްފައިވާގޮތުގައި ކޯވިޑް އަކީ މާވަރުގަދަ އެއްޗެއް ކަމަށް ހަދައިގެން އުޅެނީ މީޑިއާއިން ނެވެ. އޭނާ ބުނީ ހަށިގަނޑު ތެރޭގައި ވައިރަސް ޕާޓީ ކުރަމުންދާ ކަމަށާއި ހަށިގަނޑު ހަލާކު ކޮށްލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެކަމަކު ކޯވިޑް ޖެހުމުން ހިތްވަރު އެލުވާލައި ބިރުން ނޫޅުމަށް އިލްތިމާސްކޮށް ކަންގަނާ ބުނެފައިވަނީ ކޯވިޑް ދެކެ ބިރު ގަންނަ ވަރަކަށް އެ ބަލި މީހާ ބިރު ގަންނަވާނެ ކަމަށެވެ.
ކަންގަނާ އަކީ ކޯވިޑް ކޮންޓްރޯލް ކުރުމަށް އިންޑިއާގައި އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް ފާޅުގައި މަސައްކަތް ކުރާ މީހެކެވެ. އެގޮތުން އާންމު ތަންތަނުގައި މާސްކު އެޅުމަށް އޭނާ ދެކޮޅު ހަދައެވެ. އަދި ކޯވިޑް އަކީ މާ ނުރައްކާތެރި ބައްޔެއް ނޫން ކަމަށް ބުނެ އޭނާ ވާހަކަ ދައްކައެވެ.
ކަންގަނާ ވަނީ މިދިޔަ ހަފްތާގައި ޓުވީޓާއިން ދާއިމީކޮށް ބޭރުކޮށްލާފަ އެވެ. އޭނާގެ ރަސްމީ ޓުވިޓާ އެކައުންޓް ސަސްޕެންޑު ކުރީ އިންޑިއާގެ ސިޔާސީ ކަމަކާއި ގުޅޭގޮތުން ހަމަނުޖެހުމަށް ފުރުސަތު ލިބޭގޮތަށް ކުރި ޓުވިޓުތަކަކާއި ގުޅިގެންނެވެ.
ކަންގަނާ އަކީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ވަރުގަދަ ސަޕޯޓަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް