ކޮވިޑުގައި އިތުރު މަރެއް، މި މަހު ކޮވިޑާ ގުޅޭ 11 ވަނަ މަރު

ކޮވިޑުގައި އިތުރު މީހަކު ދުނިޔެ ދޫކޮށްފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އެގޮތުން ވަން އޮންލައިންގައި ބުނެފައިވަނީ މިއަދު ހެނދުނު އައިޖީއެމް އިމަޖެންސީއަށް ގެންދިޔަ އުމުރުން ދުވަސްވީ އަންހެނަކ...

09 May 2021 | 06:08

ކޮވިޑުގައި އިތުރު މީހަކު ދުނިޔެ ދޫކޮށްފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެގޮތުން ވަން އޮންލައިންގައި ބުނެފައިވަނީ މިއަދު ހެނދުނު އައިޖީއެމް އިމަޖެންސީއަށް ގެންދިޔަ އުމުރުން ދުވަސްވީ އަންހެނަކު ކޮވިޑުގައި ދުނިޔެ ދޫކޮށްފައިވާކަމަށެވެ.

މި މަރުގެ ތަފްސީލް އެޗްޕީއޭއިން އަދި ހިއްސާކޮށްފައެއް ނުވެއެވެ.

މިއީ ކޮވިޑުގައި ދުނިޔެ ދޫކުރި 84 ވަނަ ފަރާތެއް، އަދި މި މަހު ކޮވިޑުގައި ދުނިޔެ ދޫކުރި 11 ވަނަ ފަރާތެވެ.

ކޮވިޑުގައި މި މަހު 11 މީހަކު މަރުވެފައިވާއިރު، ރާއްޖޭގައި ކޮވިޑުގެ ހާލަތު މިވަނީ ދުވަހަށް ދަށަށް ނުދާވަރަށް ދަށަށް ގޮސްފައެވެ. ކޮވިޑުގެ އަދަދުތައް އުޅެނީ ވަރަށް މަތީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް