ލާމު ގަމުގައި ދަމު ނަމާދު ކުރަމުން ދަނިކޮށް ޒުވާނަކު އިމާމަށް ހަމަލާ ދީފި!

ލ. ގަމު އަލަށް އާބާދުވި ސަރަހައްދުގެ މިސްކިތެއްގައި ދަމު ނަމާދު ކުރަމުންދަނިކޮށް ޒުވާނަކު މިސްކިތަށް އަރާ އިމާމަށް ހަމަލާ ދީފިއެވެ. އެ މިސްކިތުގައި ދަމު ނަމާދުކުރި މީހަކު ބުނީ އެކަން ހިނގީ ގާތްގަނޑަކަ...

09 May 2021 | 00:18

ލ. ގަމު އަލަށް އާބާދުވި ސަރަހައްދުގެ މިސްކިތެއްގައި ދަމު ނަމާދު ކުރަމުންދަނިކޮށް ޒުވާނަކު މިސްކިތަށް އަރާ އިމާމަށް ހަމަލާ ދީފިއެވެ.

އެ މިސްކިތުގައި ދަމު ނަމާދުކުރި މީހަކު ބުނީ އެކަން ހިނގީ ގާތްގަނޑަކަށް 2:30 ގައި ކަމަށެވެ. ފުރަތަމަ އެ ޒުވާނާ މިސްކިތަށް ގާ އުކީ ކަމަށެވެ.

"ފަހަތުގަ ތިބެނީ އަންހެނުން، އެހެން ފުރަތަމަ ނޭނގެ، ގާ އުކި ކަމެއް، ފަހުން އެކަން އެނގުނީ" ދުވަހަށް މައުލޫމާތު ހިއްސާ ކުރި ފަރާތުން ބުންޏެވެ.

އޭނާ އިތުރަށްބުނީ ދެވަނަ ރަކުއަތުގެ ސަޖިދައަށް ދާން ގާތްވެފައިވަނިކޮށް ޒުވާނަކު ސޯޓުކޮޅު އެކަނި ލައިގެން ހުރެ މިސްކިތަށް އަރާ، އިމާމުގެ މަންމައަށް އަމާޒުކޮށް އަވަގުރާނަ ގޮވި ކަމަށެވެ. އަދި ކީރިތު ޤުރުއާނުގެ ހުރުމަތް ކެނޑޭފަދަ އެތައް ވާހަކައެއް ދެއްކި ކަމަށެވެ.

ސަފު ހަދައިގެން ތިބީ ދުރުދުރުގައި، ދެން އެ ޒުވާނާ ގޮސް އިމާމުގެ ގައިގަ ޖަހަން އަތް ހޫރާލި ވަގުތު އިމާމު ސަޖިދައަށް ދިއުމުން ލައްވައެއް ނުލި، ދެން އިމާމުގެ ތާކިހާ ނަގާ އެއްލާލި، އަދި ބޮލުގަ އިން މައިކް ނަގާ ހަލާކުކޮށްލި" ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

އެ ޒުވާނާ ހައްޔަރު ކުރިކަން ނުވަތަ ނޫންކަން އަދި ކަށަވަރެއް ނޫނެވެ.

ތަފްސީލް އަންނަނީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް