ޑރ އަލީ ނިޔާފް ވިދާޅުވަނީ އެޗްޕީއޭއިން އެ ހަދަނީ ގޯހަކަށްފަހު ގޯހެއް ކަމަށް، މިކަން ބަލައިނުގަނެވޭނެ ކަމަށް !

އެޗްޕީއޭއިން ގޯހަކަށްފަހު ގޯހެއް ހެދުން ބަލައިނުގަނެވޭނެ ކަމުގައި ޑރ. އަލީ ނިޔާފް ވިދާޅުވެއްޖެއެވެ. މި މޭރުމުން ޑރ. އަލީ ނިޔާފްގެ ޓްވީޓެއް އަމާޒުކުރައްވާފައިވަނީ އޭއެފްސީ ކަޕުގެ މެޗު ކުޅުމަށް ދިން ހާއ...

08 May 2021 | 22:21

އެޗްޕީއޭއިން ގޯހަކަށްފަހު ގޯހެއް ހެދުން ބަލައިނުގަނެވޭނެ ކަމުގައި ޑރ. އަލީ ނިޔާފް ވިދާޅުވެއްޖެއެވެ.

މި މޭރުމުން ޑރ. އަލީ ނިޔާފްގެ ޓްވީޓެއް އަމާޒުކުރައްވާފައިވަނީ އޭއެފްސީ ކަޕުގެ މެޗު ކުޅުމަށް ދިން ހާއްސަ ހުއްދައަށެވެ.

"އެޗްޕީއޭ އަނެއްކާވެސް ތި އެޅީ ކަތި ފިޔަވަޅެއް، މިކަން ބަލައިގަންނަން ދަތި، ތި ހަދަނީ ގޯހަކަށް ފަހު ގޯސް" ޑރ. އަލީ ނިޔާފްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޑރ ވިދާޅުވެފައިވަނީ އިންޑިއާގެ ފުޓްބޯޅަ ޓީމް ރާއްޖެ ގެނެސް ލާހޫރެން ދޫކޮށްލުން ގޯސް ކަމަށެވެ.

"ތިޔަ ހާއްސަ ހުއްދަ ދިނުން ދޫކޮށްލާ، ތީކީ ސައިންޓިފިކަލީ ބަލާއިރުވެސް ހަމަޖެހޭ ކަމެއް ނޫން" ޑރ އަލީ ނިޔާފް ވިދާޅުވެފައިވެއެވެ.

ޑރ ގެ މި ޓްވީޓްގައި ޔޫތު މިނިސްޓަރު މަހްލޫފާއި، ތަރުޖަމާނު މަބްރޫކާއި ރައީސް އޮފީހުގެ ރަސްމީ ޓްވިޓަރ ހޭންޑަލް ޓެގް ކުރައްވާފައިވެއެވެ.

https://twitter.com/AliNiyaf/status/1391147992753659906?s=19

ޑރ މި މޭރުމުން ޓްވީޓް ކުރައްވާފައިވާއިރު އިންޑިއާ ޓީމް ރާއްޖެ އައިސް މަގުމައްޗަށް ނިކުތް މައްސަލަ މިރޭ މިވަނީ ހޫނުވެފައެވެ. މިކަމާ ރުޅިގަދަވެ، މިނިސްޓަރު މަހްލޫފް ވިދާޅުވެފައިވަނީ އެ ޓީމު ޖެހޭނީ ރާއްޖެ ދޫކޮށް ވަގުތުން ދާން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް