ނަރުހެއްގެ ހިފެހެއްޓުމެއް ނެތް ޝުކުރު، ފުވައްމުލައް ސިޓީގައި ނަރުސްކަން ކިޔަވާ ދަރިވަރުންނަށް

ފުވައްމުލައް ސިޓީގައި ނަރުސްކަން ކިޔަވާ ދަރިވަރުންނަށް، ނަރުހެއްގެ ހިމެފެއްޓުމެއް ނެތް ޝުކުރު ބަންޑުންކޮށްލައިފިއެވެ. ނަރުސްކަން ކިޔަވާ ކުދިންގެ ދުވަހުގެ މުނާސަބަތުގައި، މަރިޔަމް އަލީ ބުނީ، ފުވަައްމުލ...

08 May 2021 | 20:33

ފުވައްމުލައް ސިޓީގައި ނަރުސްކަން ކިޔަވާ ދަރިވަރުންނަށް، ނަރުހެއްގެ ހިމެފެއްޓުމެއް ނެތް ޝުކުރު ބަންޑުންކޮށްލައިފިއެވެ.

ނަރުސްކަން ކިޔަވާ ކުދިންގެ ދުވަހުގެ މުނާސަބަތުގައި، މަރިޔަމް އަލީ ބުނީ، ފުވަައްމުލަކުން ނަރސިންގް ކޯސް ހަދަމުންދާ ދަރިވަރުންނަކީ ނަމޫނާ ދަރިވަރުންތަކެއ ކަމަށާއި އެއީ އެކަމަށް މުޅި ފުވައްމުލައް ފަޚުރުވެރި ވާން ޖެހޭ ކުދިން ތަކެއ ކަމަށެވެ.

ފުވައްމުލަކަށް ހިއްލި ކޮވިޑްގެ ފުރަތަމަ ރާޅާއެކު އެކުދިން ވަނީ ރޭގަނޑެއް ދުވާލެއް ބެލުމެއް ނެތި ފުވައްމުލަކު ހޮސްޕިޓަލާ ގުޅިގެން ވަރަށް ފުރިހަމަ ޚިދުމަތްތަކެއް ކޮށްދީފައިކަން ފާހަގަ ކުރަމުން މަރިޔަމް އަލީ ބުނީ، އެކުދިން މިހާރުވެސް ދަނީ އެގޮތަށް އެ މަސައްކަތް ކުރަމުން ކަމަށެވެ.

" ފުވައްމުލަކު ހޮސްޕިޓަލްގައި މަސައްކަތްކުރާ ނަރުހެއްގެ ހައިސިއްޔަތުން ބުނެލަން ބޭނުންވަނީ، މި ކުދިންގެ މަސައްކަތަކީ ހަމައެކަނި ޝުކުރެއްގެ ބަހަކުން އަގު ވަޒަން ކުރެވޭނެ ކަމެއް ނޫނޭ. އަމިއްލަ ދިރިއުޅުމުގެ ހުރިހާ ކަމެއް ދޫކޮށް، ވޮލެންޓިއަރުންގެ ގޮތުގައި މިކުދިން ކޮށްލީފައި އަދި މިހާރުވެސް ކުރަމުން މިދާ މަސައްކަތްތަކަކީ ވަރަށް ފުރިހަމަ މަސައްކަތްތަކެކޭ" މަރިޔަމް އަލީ ބުނެފައިވެއެވެ.

މި ބަރަކާތްތެރި ރޯދަމަހުގައި ކޮވިޑްގެ ދެވަނަ ރާޅާ ކުރިމަތިލި އިރުވެސް މިކުދިން ފަހަތަކަށް ނުޖެހި، ފެބްރުއަރީ މަހުން ފެށިގެން މިއަދާ ހަމަޔަށް ފުވައްމުލަކު ރައްޔިތުންނަށް މިކުދިން ކޮށްދެމުން ިދާ މަސައްކަތްތަކަކީ މި ކުދިންނަށް ފައިސާ ލިބޭތީ ކޮށްދޭ ކަންތައްތަކެއް ނޫންކަން އޭނާ ފާހަގަކޮށްފައި ވެއެވެ.

" ޒިކުރާ އިންޓަނޭޝަނަލް ކޮލެޖްގެ މި ދަރިވަރުންނަކީ ނަމޫނާ ދަރިވަރުންތަކެއް. ހިތަށް އަރާ މި ކުދިންގެ މަސައްކަތް ސަރުކާރުން ބަލައިގަނެ، މި ކުދިންނަށްވެސް މި ކުދިންގެ ޒަރޫރީ ބޭނުންތައްކުރަން ކޮންމެވެސް ވަރެއްގެ އެލަވަންސް އެއް ލިބޭނެ ނަމަ ކިހާ ރަނގަޅުހޭ" މަރިޔަމް އަލީ އިތުރަށް ބުނެފައިވެއެވެ.

ކޮވިޑްގެ މި ނުރައްކާތެރި ދަނޑިވަޅުގައި، ރާއްޖޭގެވެސް އެކި ކަންކޮޅުތަކުގައި ސިއްހީ ޚިދުމަތްތެރިން ރެޔާދުވާލު ކުރާ ބުރަ މަސައްކަތްތަކަކީ އެހާމެ އަގުހުރި ޤައުމީ ޚިދުމަތެކެވެ. އަދި މިކަމުގައި މިހާރު ނަރުސްކަން ކިޔަވާ ދަރިވަރުންވެސް ބައިވަ=ެރިވަމުންދާ ކަމީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް