މެޗު ނުބޭއްވޭނެކަން އެފްއޭއެމަށް އަންގައިފިން ކަމަށާއި އިންޑިއާ ޓީމު ފުރުވާލަންވެސް އަންގައިފިން ކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް ވިދާޅުވީ އިންޑިއާ ޓީމު ޖެހޭނީ ވަގުތުން ރާއްޖެ ދޫކޮށް ދާން ކަމަށެވެ.
https://twitter.com/AhmedMahloof/status/1391120566266912771
މަހްލޫފް މިހެން ވިދާޅުވެފައި މިވަނީ، އެއްގޮތަކަށްވެސް ބޭރަށް ނުނުކުމެވޭގޮތަށް ރާއްޖެ އައި ކުޅުންތެރިން މާލޭގެ މަގުމަތިން ފެނުމާ ގުޅިގެންނެވެ.
ރާއްޖޭގައި ކުޅެން ނިންމާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 14-20 އަށެވެ. ރާއްޖޭގައި ކުޅުމަށް ހަމަޖެހިފައިވަނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު މެޗުތަކެވެ.
އޭއެފްސީކަޕްގެ މެޗްތައް ކުޅެން ހަމަޖެއްސީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޚާއްސަ ހުއްދައަކާ އެކުގައެވެ. އެހެން ނަމަވެސް މި ޓީމްގެ ބައެއް ކުުޅުންތެރިން މިއަދު ހަވީރު މާލޭގެ މަގުމަތިން ފެނިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް