އިންޑިއާ ޓީމު ޖެހޭނީ ވަގުތުން ރާއްޖެ ދޫކޮށް ދާން ކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވެއްޖެއެވެ.
https://twitter.com/AhmedMahloof/status/1391115943669944321?s=19
މަހްލޫފް މިހެން ވިދާޅުވެފައި މިވަނީ، އެއްގޮތަކަށްވެސް ބޭރަށް ނުނުކުމެވޭގޮތަށް ރާއްޖެ އައި ކުޅުންތެރިން މާލޭގެ މަގުމަތިން ފެނުމާ ގުޅިގެންނެވެ.
ރާއްޖޭގައި ކުޅެން ނިންމާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 14-20 އަށެވެ. ރާއްޖޭގައި ކުޅުމަށް ހަމަޖެހިފައިވަނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު މެޗުތަކެވެ.
އޭއެފްސީކަޕްގެ މެޗްތައް ކުޅެން ހަމަޖެއްސީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޚާއްސަ ހުއްދައަކާ އެކުގައެވެ.
“މިހާރު ދެކެވިފައިވާ ވާހަކަދަކަށް ބަލާއިރު ރާއްޖެ އަންނަ ޓީމްތަށް އަންނަންޖެހޭނީ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮވެގެން. އަދި ޓީމުތައް އައިސް ތިބެން ޖެހޭނީވެސް ވަކި ހޮޓަލެއްގައި، ވަކިން ކަރަންޓީނުވެގެން. ޓީމުތަކަށް އެއްވެސް އިތުރުތަނަކަށް ދިއުމުގެ ހުއްދައެއް ނޯންނާނެ. އެކޮމޮޑޭޝަނުން ދަނޑަށް، ދަނޑުން އެކޮމޮޑޭޝަނަށް ދާން ޖެހޭނީ، މިގޮތަށް ދަތުރުކުރުމުގެ ފުރުސަތު ޓީމުތަކަށް އޮންނާނީ. އަދި މިޓީމުތަކަށް ޚިދުމަތްދޭ ފަރާތްތަކުންވެސް މުޖުތަމައުގެ ތެރެއަށް ނުކުތުން މަނާވާނެ. ގައިޑްލައިންގައި މިކަންތަށްތަށް ހިމެނުމަށް މަޝްވަރާ ކުރެވިފައިވަނީ. އަދި މެޗްތައް ކުޅުމަށްފަހު ފުރާ ޓީމްތަށް ޑިޕާޗަރ ސާޕަލްވެއް ހަދަންޖެހޭނެ އަދި ރާއްޖޭގެ ޓީމްތަށް މުބާރާތް ނިމުމާއެކު 14 ދުވަހުގެ ކަރަންޓީނެއް ވާންޖެހޭނެ.” ރާއްޖޭގައި އޭއެފްސީކަޕްގެ މެޗްތައް ބޭއްވުމަށް ހާއްސަ ހުއްދައެއް ދެވިފައިވާ ގޮތުގެ ތަފްސީލު ކިޔައިދެއްވަމުން، މީގެ ކުރިން ޕްރެސް ކޮންފަރެންސް އެއްގައި މަބްރޫބް ވިދާޅުވެފައި ވެއެވެ.
އެހެން ނަމަވެސް މި ޓީމްގެ ބައެއް ކުުޅުންތެރިން މިއަދު ހަވީރު މާލޭގެ މަގުމަތިން ފެނިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް