ރިޔާސީ އންތިހާބު ކާމިޔާބު ކުރެވޭނެހާ ހަކަތަ އެބަހުރި، ކާމިޔާބު ކުރާނީ އެއްބުރުން: ނިހާން

2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެހާ ހަކަތަ އިރާދަ ކުރެއްވިއްޔާ ޕީޕީއެމްގެ އެބަހުރި ކަމަށާއި އަދި އެ އިންތިހާބް ކާމިޔާބު ކުރާނީ އެއްބުރުން ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަހުމަދު ނިހާން ހުސެ...

09 May 2017 | 16:35

2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެހާ ހަކަތަ އިރާދަ ކުރެއްވިއްޔާ ޕީޕީއެމްގެ އެބަހުރި ކަމަށާއި އަދި އެ އިންތިހާބް ކާމިޔާބު ކުރާނީ އެއްބުރުން ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޙާބާ ގުޅުވައިގެން ނިހާން މިއަދު ކުރެއްވި ޓްވީޓްއެއްގަ އެވެ.

އަދި މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް ކައުންސިލް ތަކުގެ މެޖޯރިޓީ ނުލިބުނު ކަމަށާއި، އަދި އެ އިންތިހާބުގައި ހެދުނު މިސްޓޭކްތަށް ރަނގަޅު ކުރުމުން މިއަންނަ އިންތިޙާބުގައި ކާމިޔާބު ލިބޭނޭ ކަމުގައިވެސް ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެ އެވެ.

މީގެ އިތުރުން ނިހާން ވިދާޅުވީ މި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޙާބަކީ މެޗުގެ ސެމީ ފައިނަލް ކަމަށެވެ. އަދި ފައިނަލް މެޗް އޮތީ 2018 ގައި ކަމަށެވެ. ފައިނަލަށް ދަތުރު ކޮށްފައިވަނީ އެމްޑީޕީ އާއި ޕީޕީއެމް ކަމާށާއި، ދެ ޕާޓީންވެސް މެޗަށް ތައްޔާރުވުމަށެވެ. ނިހާންގެ މި ޓްވީޓާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ނިހާނަށް ފާޑު ކިޔަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ ސެމީ ފައިނަލުން ބަލިވެ ފައިނަލަށް ދެވޭގޮތެއް ނޯންނަ ކަމަށެވެ. ސެމީ ފައިނަލުން ބަލިވެއްޖެ ނަމަ ކުޅެންޖެހޭނީ ތިން ވަނަ ހޮވާ މެޗު ކަމަށެވެ.

މި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޙާބުގެ ނަތީޖާއިން ކުޑަ މިންވަރެއް އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފައިވާ އިރު އަދި އިންތިހާބުގެ ވަގުތީ ނަތީޖާގެ ބޮޑުބައެއް މީޑިއާތަކުން ހާމަކޮށްފައިވާއިރު އިނދިކޮޅު ފަރާތްތަކުންވަނީ ސަރުކާރުގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް