ފަސް ރުފިޔާގެ އާ ނޫޓު މާދަމާ ތައާރަފްކުރަނީ

ދިވެހި ރާއްޖޭގައި މިހާރު ބޭނުން ކުރަމުން އަންނަ ފަސް ރުފިޔާގެ ނޫޓުގެ ބަދަލުގައި އާ ފަސް ރުފިޔާގެ ރަންދިހަ ފަހެއް ނޫޓެއް މާދަމާ ތައާރަފްކުރަން އެމްއެމްއޭ އިން ނިންމައިފިއެވެ. މިހާރު ބޭނުން ކުރަމުންދާ ކ...

09 May 2017 | 15:30

ދިވެހި ރާއްޖޭގައި މިހާރު ބޭނުން ކުރަމުން އަންނަ ފަސް ރުފިޔާގެ ނޫޓުގެ ބަދަލުގައި އާ ފަސް ރުފިޔާގެ ރަންދިހަ ފަހެއް ނޫޓެއް މާދަމާ ތައާރަފްކުރަން އެމްއެމްއޭ އިން ނިންމައިފިއެވެ.

މިހާރު ބޭނުން ކުރަމުންދާ ކަރުދާސް ފަސް ރުފިޔާގެ ނޫޓުގެ ބަދަލުގައި ފައިސާ ފޮއްޗެއް ނެރެން މީގެ ކުރިން އެމްއެމްއޭއިން ނިންމި ނަމަވެސް ގިނަ ބައެއްގެ އެދުމުގެ މަތިން ފަހުން އެ ބަދަލު ނުގެންނަން އެމްއެމްއޭ އިން ނިންމިއެވެ. އެކަމަކު ކުރިންވެސް ނިންމާފައިވާ ގޮތަށް މިހާރު ބޭނުން ކުރަމުންދާ ދެ ރުފިޔާގެ ފައިސާ ފޮތީގެ ބަދަލުގައި އެއަށް ވުރެ ލުއި ދެ ރުފިޔާގެ ފައިސާ ފޮތި ވަރަށް އަވަހަށް ތައާރަފު ކުރާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

މީގެ ކުރިން އެމްއެމްއޭއިން ބުނެފައިވަނީ މާދަމާ ފަސް ރުފިޔާގެ އާ ނޫޓު ތައާރަފު ކުރިނަމަވެސް އެ ނޫޓު ނެރެވޭނެ ދުވަހެއް ނޭނގޭ ކަމަށެވެ. އެކަމަކު މާ ގިނަދުވަހެއް ނުވެ ފަސް ރުފިޔާގެ އާ ނޫޓު ބޭނުން ކުރަން ފެށޭނެ ކަމަށެވެ.

މި ނޫޓުގެ ސައިޒު މިހާރު ބޭނުންކުރާ ޕޮލިމާ ނޫޓުތަކާ އެއްވަރުވާނެ އެވ. އަދި ޑިޒައިން ވެސް ހުންނާނީ އެއް ކޮންސެޕްޓަކަށެވެ.

މިހާރު ބޭނުން ކުރަމުން އަންނަ ރަންދިހަ ފަހެއްގެ ނޫޓުތައް ޑިޒައިން ކުރީ އަބްދުﷲ ނަޝާތުއެވެ. އެ ނޫޓު ސީރީޒްގައި 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓު ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް