ހދ ކުޅުދުއްފުށީގައި ދުއްވާ ޓެކްސީ ތަކުން ކުރާ ޓެކްސީ ދަތުރުތަކަށް އުރީދޫ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައި އެކަން މިއަދު އިއުލާނު ކޮށްފި އެވެ.
މިކަން އިއުލާނު ކޮށްފައިވަނީ ކުޅުދުއްފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ހިދުމަތް ފައްޓަވައިދެއްވީ ފައްޓަވައިދެއްވީ އުރީދޫ ބޯޑް މެމްބަރު ދީނާ ހުސެއިން އެވެ. މި ހަފްލާގައި އުރީދޫ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒް ބައިވެރިވެލެއްވި އެވެ.
އުރީދޫ އެމް ފައިސާ ހިދުމަތަކީ ވޮލެޓްގައި ހުންނަ ރުފިޔާ ވޮލެޓްގައި ގެންގުޅުމުގެ ބަދަލުގައި، ފޯނުގައި ހިދުމަތް ރަޖިސްޓާކޮށްގެން، އެކައުންޓަކަށް ރުފިޔާ ޖަމާކޮށް، މޮބައިލް ފޯނު މެދުވެރިކޮށް އެކި ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެކެވެ.
މިކަމާއި ބެހޭގޮތުން ދުވަހަށް މައުލޫމާތު ދެއްވަމުން އުރީދޫގެ ސީނިއަރ އެގްޒެކިއުޓިވް މަރިޔަމް ޝަހުލާ ވިދާޅުވީ އެމް ފައިސާ އިން ޓެކްސީއަށް ދޭންޖެހޭ ފައިސާ ޕޭ ކޮށްލެވޭނެ ކަމަށާއި ލާރި ޖަމާވިކަން ޓެކްސީ ޑްރައިވަރަށް ހަމަ އެސްއެސްއެސްއަކުން އެނގިގެންދާނެ ކަމަށެވެ.
މިވަގުތު އުރީދޫ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކެނީ މާލޭ އާއި އަދި ހުޅުމާލޭ ޓެކްސީ ތަކުންނެވެ. މިއަދު އުރީދޫއިން މި ހިދުމަތް ތައާރަފް ކުރީ ކުޅުދުއްފުށީގެ 14 ޓެކްސީގައި ކަމަށް ކުޅުދުއްފުށީ ނޫހެއް ކަމުގައިވާ ކުޅުދުއްފުށި އޮންލައިންގައި ބުނެފައި ވެ އެވެ.
މި ޚިދުމަތް ލިބޭ ކާރުތަކުގެ ފަސިންޖަރުންގެ ސީޓާ ދިމާލުން ކިއުއާރު ކޯޑެއް ހިމެނޭ ކާޑެއް ހުންނަ އިރު، ފަސިންޖަރުން ޖެހޭނީ އެމް ފައިސާ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން އެ ކޯޑު ސްކޭން ކޮށް، އެ ޓެކްސީއަކަށް އެމް ފައިސާ މެދުވެރިކޮށް ފައިސާ ދައްކާށެވެ.
ފައިސާގެ މުއާމަލާތް ފުރިހަމަވުމުން ކަސްޓަމަރާއި ޑްރައިވަރުގެ ފޯނަށް އެކަމުގެ ކޮންފަމޭޝަން އެސްއެމްއެސް އެއް ލިބޭނެއެވެ. އަދި މިއީ އެމް ފައިސާގެ ޚިދުމަތް ތައާރަފުކުރި ފަހުން ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ޓެކްސީގެ ޚިދުމަތް ބޭނުންކުރަން ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވާނެއެވެ
ހަބަރުގެ ބައެއް މައުލޫމާތު އަދި ފޮޓޯ: ކުޅުދުއްފުށި ލައިވް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް