ރޯދަ އިނާޔަތިގެ ގޮތުގައި ފުލުހުންނަށް 2.4 މިލިއަން ރުފިޔާގެ ތަކެތި ބަހަން ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީން ނިންމައިފި އެވެ.
ފުލުހުން ބުނީ ރޯދަ މަހު ފުލުހުންނަށް ހާއްސަ އިނާޔަތެއް ދިނުމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު އެންގުވުމާއި ގުޅިގެން ޕޮލިސް ކޯޕަރޭޓިވް ސޮސައިޓި މެދުވެރިކޮށް އެ ތަކެތި ފުލުހުންނަށް ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
ރޯދަ ހަދިޔާގެ ގޮތުގައި 2.4 މިލިއަން ރުފިޔާގެ މުދާ ބަހަން ފަށާފައި ވާއިރު ކޮންމެ ފުލުހަކަށް ގާތްގަނޑަކަށް 600 ރުފިޔާގެ ތަކެތި ލިބޭނެ އެވެ. މި ތަކެތި ބަހާނީ މިމަހުގެ 25 ނިޔަލަށް ކަމަށް ފުލުހުން ބުނެ އެވެ.
މި ތަކެތީގެ އިތުރުން ކޮންމެ ފުލަހަކަށް ގާނޫނުގައި ބުނެފައިވާ ގޮތަށް 3،000 ރުފިޔާގެ އެލެވެންސްވެސް ލިބޭނެ އެވެ.
މިދިޔަ އަހަރުވެސް އެ ސޮސައިޓީ މެދުވެރިކޮށް ރޯދަ ހަދިޔާގެ ގޮތުގައި ތިން މިލިއަން ރުފިޔާގެ ތަކެތި ފުލުހުންނަށް ބަހާފައިވެ އެވެ.
ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީއަކީ ފުލުހުންނައި ފުލުހުންގެ މަގާމުތަކުގައި އުޅުމަށްފަހު ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރާ ފަރާތްތަކާއި، ފުލުހުންގެ ވަޒީފާގައި އުޅޭ މުވައްޒަފުންނާއި އާއިލާތަކުގެ ވެލްފެއާ ކަންތައްތައް ރަނގަޅުކުރުމާއި އުފައްދާފައިވާ ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް