ކޮލަންބިއާ އަންހެނަކު ފިރިމީހާ ދެކެ ރުޅިއައިސްގެން 7،000 ޑޮލަރު ދިރުވާލައިފި

ކޮލަމްބިއާ އަންހެނަކު ފިރިމީހާދެކެ ރުޅި އައިސްގެން 7،000 ޑޮލަރު ދިރުވައިލައިފި އެވެ. އޭނާގެ ބަޑުން އެ ޑޮލަރުތައް ނެގި ޑޮކްޓަރު ހާމަކުރިގޮތުގައި އޭނާ ދިރުވާލި 7،000 ޑޮލަރަކީ ވަކިވަކިން ހުރި 100 ޑޮލަރުގ...

09 May 2017 | 07:06

ކޮލަމްބިއާ އަންހެނަކު ފިރިމީހާދެކެ ރުޅި އައިސްގެން 7،000 ޑޮލަރު ދިރުވައިލައިފި އެވެ.

އޭނާގެ ބަޑުން އެ ޑޮލަރުތައް ނެގި ޑޮކްޓަރު ހާމަކުރިގޮތުގައި އޭނާ ދިރުވާލި 7،000 ޑޮލަރަކީ ވަކިވަކިން ހުރި 100 ޑޮލަރުގެ ނޫޓު ކަމަށެވެ، ޑޮލަރުތައް ނެގުމަށް ކުރި އޮޕަރޭޝަނުގައި 100 ޑޮލަރުގެ 57 ނޫޓު ނަގައިފައިވާ ކަމަށެވެ.

ބާކީ ހުރި ނޫޓުތައް ވަނީ ހަޖަމްކުރާ ހޮޅީގައި ތާށިވެފައި ކަމަށްވެސް މި އޮޕަރޭޝަން ކުރުމުގައި

ހަރަކާތްތެރިވި ޑޮކްޓަރު ވަނީ ބުނެފަ އެވެ. އަދި ތާށިވެފައިވާ ނޫޓުތައް ވީހާވެސް އަވަހަށް ހަޖަމް ކުރެވުމަކީ މުހިއްމު ކަމެއް ކަމަށް ޑޮކްޓަރު ވަނީ ބުނެފަ އެވެ.

އޮޕަރޭޝަނަށްފަހު ކޮލަމްބިއާގެ ޓީވީއަކަށް މަޢުލޫމާތު ދެމުން އެ އަންހެން މީހާ ބުނެފައިވަނީ އެ ޑޮލަރުތަކަކީ އޭނާ، އޭނާގެ ފިރިމީހާއާއި އެކު ޗުއްޓީ ހޭދަކުރުމަށް ދާންވެގެން އެއްކުރި ޑޮލަރުތައް ކަމަށާއި އެ ޑޮލަރުތައް އޭނާ ދިރުވާލީ ފިރިމީހާ ދެކެ ރުޅިއައިސްގެން ކަމަށެވެ.

އޭނާ އިތުރަށް ހާމަ ކުރި ގޮތުގައި އެ ޑޮލަރު އެއްކުރުމަށް އޭނާ ވަނީ ގޭގެ އެތަކެއް ފަރުނީޗަރުތަކެއްވެސް ވިއްކާލާފަ އެވެ. އެކަމަކު ރުޅި އައި ސަބަބެއް ނުބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް