އިންތިހާބާއި ގުޅޭ 74 ޝަކުވާ ހުށަހަޅާފައިވޭ : އީސީ

މޭއި ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ގުޅޭ 74 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. އިންތާހާބާއި ގުޅޭ ގޮތުން 74 މައްސަލަ ހުށަހަޅާފައިވާ އިރު، އ...

09 May 2017 | 05:33

މޭއި ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ގުޅޭ 74 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިންތާހާބާއި ގުޅޭ ގޮތުން 74 މައްސަލަ ހުށަހަޅާފައިވާ އިރު، އޭގެ ތެރޭގައި އެންމެ ގިނައީ ވޯޓު ލުމުގެ ވަގުތު އިތުރުކުރި މައްސަލައިގަ ހުށަހެޅީފައިވާ ޝަކުވާ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ. އޭގެ އިތުރުން ދެން ހުރި މައްސަލަ ތަކުގެ ތެރޭގައި ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި މީހުން ވޯޓުލުމާ ގުޅުންހުރި މައްސަލަތައް ހިމެނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އިންތިހާބާއި ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ 74 މައްސަލައިގެ ތެރެއިން 50 މައްސަލަ ބަލާ ނިންމާ އެއަށް ޖަވާބު ދީފައިވާނެ ކަމަށާއި އަދި ބާކީ 24 މައްސަލަވެސް ބަލާ ނިންމާފައިވާ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި  1496 ކެނޑިޑޭޓުން ވާދަކޮށްފައިވާ އިރު އިންތިހާބު ކުރަންޖެހެނީ 664 ކައުންސިލަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް