ޔާމީންގެ މަރާ ގުޅިގެން އިތުރު ހަތަރު މީހަކު ހައްޔަރު ކޮށްފި

އަނިޔާވެރި ގޮތަކަށް މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓު ޔާމީން ރަޝީދު މަރާލުމުގެ ތުހުމަތުގައި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ. މައުލޫމާތު ލިބިފައިވަ ގޮތުގައި އެ ހަތަރު މީހުން ހައްޔަރު ކުރީ ރޭގެ...

09 May 2017 | 04:35

އަނިޔާވެރި ގޮތަކަށް މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓު ޔާމީން ރަޝީދު މަރާލުމުގެ ތުހުމަތުގައި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވަ ގޮތުގައި އެ ހަތަރު މީހުން ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި އެވެ. އެކަމަކު ފުލުހުން ރަސްމީކޮށް މިކަމާ ގުޅޭގޮތުން އެއްޗެއް ހާމައެއް ނުކުރެ އެވެ.

ޔާމީންގެ މަރުގެ މައްސަލައިގަ މީގެ ކުރިން ދެ މީހަކުވަނީ ހައްޔަރު ކޮށްފައި އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ މުހައްމަދު ދިފްރާން ކިޔާ މީހެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ މިމަހުގެ އެއް ވަނަ ދުވަހު 15 ދުވަސް ޖަހާފައި އެވެ.

ޔާމީންގެ މަރުގެ މައްސަލައިގަ މިހާރު ޖުމްލަ ހަ މީހުން ފުލުހުންގެ ބަންދުގައި އެބަތިއްބެވެ. ފުލުހުން ބުނެފައިވަނީ ތަހުގީގަށް ލިބެމުންދާ ކުރިއެރުންތަކުން ޔާމީންގެ ގާތިލުން ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

މީގެ ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ކަމާ ބެހޭ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ހޯދަމުންދާ ކަމަށެވެ. އެގޮތުން ޔޫރަޕާ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ކުރިއަރާފައިވާ ފޮރެންސިކް ލެބޯޓްރީތަކަށް ސާމްޕަލްތައް ފޮނުވިގެން ތަހުލީލުތައް ކުރެވެމުން އަންނަ ކަމަށެވެ.

ޔާމީން މަރާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު 2:50 ހާއިރު އޭނާ ދިރިއުޅުނު މ. ސްޕެކިއުލާ ގޭ ސިޑިގޮޅިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް