ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖް ޕުޓް ޓްރެފިކް ގަވައިދާ ހިލާފުވެގެން ޖޫރިމަނާކޮށްފި އެވެ.
މީރާ އިއްޔެ ވަނީ ކާރު ޕާކު ކުރުން މަނާ ތަނެއްގައި ކާރު ޕާކު ކޮށްފައި ރެސްޓޯރެންޓަކަށް ވަދެ ފައި އެވެ. އެކަމަކު ގަވައިދާ ހިލާފަށް ކާރު ޕާކުކޮށް އެގަޑީގައި ކާރު ދުއްވީ އޭނާގެ ޑްރައިވަރެވެ.
މީރާ ވަނީ ޖޫރިމަނާ ފައިސާއަށްވާ 2،000 ރުޕީސް ވަގުތުން އެތަނުގައި ހުރެ ދައްކާފައި ކަމަށް ފުލުހުންނާއި ހަވާލާ ދީ ރިޕޯޓުތައް ބުނެ އެވެ. އެކަމަކު އާންމުކޮށް ބޮލީވުޑް ތަރިންނަކީ އެގޮތަށް ކުރާ ޖޫރިމަނާތައް ދެއްކުމަށް ދެކޮޅު ހަދާ މައްސަލަ ޖައްސާ ބައެކެވެ.
މިއީ މީރާގެ ޑްރައިވަރު ޓްރެފިކް ގަވައިދާ ހިލާފުވުމުން ޖޫރިމަނާ ކުރި ފުރަތަމ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް މީރާގެ ޑްރައިވަރު އެތައް ފަހަރަކު ޓްރެފިކް ގަވައިދާ ހިލާފުވެގެން ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް