ކުރިޔަށް އޮތް ރޯދަ މަހާއި ދިމާކޮށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެތެރޭގެ އުދުހުން ތަކުން 40 ޕަސެންޓުގެ ޑިސްކައުންޓު ދޭން ނިންމައިފި އެވެ.
މި ޕްރޮމޯޝަން ކުރިޔަށްދާނީ މިމަހުގެ 27 ން އަންނަ މަހުގެ 20 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ ދަށުން ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކުން ޓިކެޓު ނެގުމުގެ އެންމެ ފަހު ދުވަހަކީ މިމަހުގެ 20 ވަނަ ދުވަހެވެ.
މޯލްޑިވިއަން އިން ބުނީ 40 ޕަސެންޓު ޑިސްކައުންޓު ލިބޭނީ ދިވެހިންނަށާއި ވޯކް ޕާމިޓް އޮންނަ ބިދޭސީންނަށް ކަމަށެވެ.
މީގެ އިތުރުން ގަމުން ރާއްޖޭން ބޭރުގެ ހަތަރު މަންޒިލަކަށް މޯލްޑިވިއަންއިން ކުރާ ދަތުރުތަކަށް ހާއްސަކޮށްގެންވެސް އެ އެއާލައިނުން ގެންދަނީ ޕްރޮމޯޝަނެއް ކުރިޔަށް ގެންދަމުންނެވެ. އެގޮތުން ގަމުން ޓްރިވެންޑްރަމް، ޗެންނާއި، ބެންކޮކް އަދި ޑާކާއަށް ކުރާ ދަތުރުތަކަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ އެވެ.
މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ ޖޫން މަހުގެ 30 ގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް