މިދިޔަ އާދިއްތަ ދުވަހު ފްރާންސްގައި ބޭއްވިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ފާހަގަ ނުޖަހާ ހަތަރު މިލިއަން ހުސް ވޯޓު ކަރުދާސް ލާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އިންތިހާބުގައި ހުސް ވޯޓު ލާފައިވަނީ އިންތިހާބުގައި ވާދަކުރެއްވި އެމަނުއެލް މެކްރޯން އަދި ލީ ޕެން އަށް އެއްވެސް ވަރަކަށް ތާއީދު ނުކުރާ ފަރާތްތަކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހުސް ވޯޓު ލާފައިވާ މީހުންނަކީ ފްރާންސްގެ ކޮންމެ ތިން މީހަކުން އެކަކެވެ.
ރެކޯޑް އަދަދަކަށް މީހުން ފޮށިތަކަށް ހުސް ވޯޓް ކަރުދާސް އެޅުމުން އެނގެނީ ފްރާންސް ބައިބައިވެފައިވާ މިންވަރު ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އަދި އެކަމުން ހާމަވަނީ ފްރާންސްގެ އާ ރައީސް އަށް ކުރިޔަށް އޮތީ އުނދަގޫ ދުވަސްތަކެއް ކަމަށްވެސް އެ މީހުން ގަބޫލުކުރެއެވެ.
އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން ރަނގަޅު ސިޔާސަތުތަކެއް ހާމަކޮށްފައި ނުވާކަމަށް ބުނެ ވޯޓް ފޮއްޓަށް ހުސް ކަރުދަސް އެޅުމަށް ގޮވާލާ ފްރާންސް ރައްޔިތުން ސޯޝަލް މީޑިއާގައި ކުރިޔަށް ގެންދިޔަ ބޮޑު ކެމްޕޭނަށް ވަރަށް ގިނަ ބައެއްގެ ތާއިދު ލިބިފައިވެއެވެ.
މީގެ ކުރީގައިވެސް މިފަދަ ކަމެއް ފްރާންސް ގައި ހިނގާފައިވެއެވެ. 1969 ވަނަ އަހަރު ފްރާންސް ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް ރަޖިސްޓްރީ ވެފައިވާ މީހުންގެ ތެރެއިން 12 މިލިއަން މީހުން ވޯޓް ލާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް