މެސީއާއި ވައްތަރު ވުމުން "އިރާނުގެ މެސީ" ފުލުހުންގެ ބެލުމުގެ ދަށަށް

އިރާނުގެ ރައްޔިތަކު ބާސެލޯނާގެ ލިއޮނެލް މެސީ އާއި މާ ބޮޑަށް ވައްތަރު ވުމުން އިރާނުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ރެޒާ ޕްރަތޭޝް އިރާނުގެ ފުލުހުންގެ ބެލުމުގެ ދަށަށް މިދިޔަ ހަފްތާގައި ގެން...

09 May 2017 | 02:45

އިރާނުގެ ރައްޔިތަކު ބާސެލޯނާގެ ލިއޮނެލް މެސީ އާއި މާ ބޮޑަށް ވައްތަރު ވުމުން އިރާނުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ރެޒާ ޕްރަތޭޝް އިރާނުގެ ފުލުހުންގެ ބެލުމުގެ ދަށަށް މިދިޔަ ހަފްތާގައި ގެންދިޔައީ މެސީ އާއި ވައްތަރު ވުމުން އޭނަ އާއެކު ގިނަ ބަޔަކު ފޮޓޯ ނަގަން ބޭނުންވެ، މަގުތަކަށް ބާރުބޮޑުވުމުން އެކަން ހުއްޓުވުމަށެވެ.

އުމުރުން 25 އަހަރުގެ ރެޒާ މީޑިއާގެ ސަމާލުކަމަށް އައީ އޭނާގެ ބައްޕަ ބުނެގެން ބާސެލޯނާގެ ޖޯޒީގައި ހުރެ ނެގި ފޮޓޯއެއް ކުޅިވަރު ވެބްސައިޓަކަށް ފޮނުވުމުންނެވެ. ޖެހިގެން އައި ދުވަހު އެ ވެބްސައިޓުން ރެޒާ ގާތު އިންޓަވިއު އެއް ކުރަން ބޭނުން ވާހަކަ ބުނި ކަމަށް ރެޒާ ބުނެފައިވެއެވެ.

މެސީގެ ހުންނަ ގޮތަށް ބޮލާއި ތުނބުޅި ބެހެއްޓުމުން ގިނަ ބަޔަކު އޭނާ ދެކެނީ "އިރާނުގެ މެސީ" ގެ ގޮތުގައެވެ.

ތަނަކަށް ދިޔަސް ގިނަ ބައެއްގެ ސަމާލުކަން ލިބޭ ކަމަށާއި އޭނާ ފެނުމުން ގިނަ ބަޔަކަށް އުފާވެރިކަމެއް ލިބޭތީ އެކަމާ އުފާ ކުރާ ކަމަށް އޭނާ ބުންޏެވެ.

ގިނަ ބައެއްގެ ސަމާލުކަން ރެޒީ ހޯދާފައިވާއިރު، އޭނާ އަށް ވަނީ މޮޑެލް ކުރުމުގެ ދާއިރާއިންވެސް ފުރުސަތު ލިބިފައެވެ.

މެސީގެ ރޯލު ރަނގަޅަށް އަދާކުރުމަށް، ރެޒާ ވަނީ ފުޓްބޯޅައިގެ ހުނަރުތައް ދަސްކުރަން ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް