މިދިޔަ އަަހަރު ނެޓްފްލިކްސް އިން ދައްކަން ފެށި "ސްޓްރޭންޖާ ތިންގްސް" އަށް އެންމެ މޮޅު ޓީވީ ޝޯވ ގެ އެވޯޑް ލިބިއްޖެއެވެ.
ޓީވީ އާއި ފިލްމުތަކުގެ އަގުވަޒަން ކުރުމަށް އެމްޓީވީއިން ދޭ އެވޯޑް ކަމަށްވާ ”އެމްޓީވީ ޓީވީ އެންޑް މޫވީސް“ އެވޯޑްސް ހަފްލާ ރޭގައި ބޭއްވި އިރު، އެ ހަފްލާގެ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ އެންމެ މޮޅު ޝޯގެ އެވޯޑް ސްޓްރޭންޖާ ތިންގްސް އިން ވަނީ ހޯދާފައެވެ
”ސްޓްރޭންޖާ ތިންގްސް“ ގެ އެންމެ ފުރަތަމަ އެޕިސޯޓުންވެސް ގިނަ ބަޔަކަށް ކުރީގެ ހަނދާންތައް އާކޮށްދީފައިވާ އިރު، މި ސީރީޒް އަކީ ދައްކާ އެންމެ ވަރުގަދަ އެއް ސީރީޒް އެވެ.
ސްޓްރޭންޖާ ތިންގްސް އަށް އެންމެ މޮޅު ޝޯ ގެ އެވޯޑް ލިބުނީ ”ގޭމް އޮފް ތްރޯންސް“ އާއި ”އެޓްލެންޓާ“ އާއި ”އިންސެކިޔޯ“ އާއި ”ޕްރިޓީ ލިޓްލް ލަޔާސް“ އަދި ”ދިސް އިޒް އަސް“ އާއި ވާދަކޮށްގެންނެވެ.
ސްޓްރީމިން ސީރީޒްތަކާއި ޕްރައިމްޓައިމް ސީރީޒްތައް އެއް ކެޓަގަރީއެއްގައި ހިމެނުނު މިއީ ފުރަތަމަ ޓީވީ އެވޯޑްސްގެ ހަފްލާއެވެ.
ސްޓްރޭންޖާ ތިންގްސްއަށް އެވޯޑް ދިނުމަށް އަރާ ތިބީ ނެޓްފްލިކްސްގެ މިއަހަރުގެ އެންމެ މަގުބޫލު ސީރީޒް ކަމަށްވާ ”13 ރީޒަންސް ވައި“ގެ ކާސްޓުން ކަމީ އެ އިވެންޓުން އެންމެ ފާހަގަކޮށް ލެވޭ އެއް ކަމެވެ.
މި ސީރީޒް އަށް ލޯބި ކުރާ ފަރާތްތަކަށް އޮތް އުފާވެރި ހަބަރަކީ މި އަހަރުގެ އޮކްޓޯބަރު 31 ގައި ސްޓްރޭންޖާ ތިންގްސް ގެ ދެވަނަ ސީޒަން ދެއްކުމަށް ހަމަޖެހިފައިވާކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް