އުރީދޫ – ރާއްޖޭގެ މުވާސަލާތީ ދާއިރާގައި އިންގިލާބީ 20 އަހަރު

އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ތަޖުރިބާތައް ކުރިއެރުވުމުގައި އަބަދުވެސް އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެކެވެ. އުރީދޫއިން ޤަބޫލުކުރާގޮތުގައި އުރީދޫއަކީ ރާއްޖޭގެ ޓެލެކޮމ...

09 Apr 2025 | 17:25

އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ތަޖުރިބާތައް ކުރިއެރުވުމުގައި އަބަދުވެސް އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެކެވެ.

އުރީދޫއިން ޤަބޫލުކުރާގޮތުގައި އުރީދޫއަކީ ރާއްޖޭގެ ޓެލެކޮމް ލޭންޑްސްކޭޕްގެ ޕޭސްމޭކަރއެވެ. އުރީދޫއަކީ 3ޖީ، 4ޖީ އަދި 5ޖީ އެއަރފައިބަރ ބްރޯޑްބޭންޑް ރާއްޖެއަށް ތަޢާރަފްކުރި ފުރަތަމަ ކުންފުންޏެވެ. އަދި، ސަބްމެރިން ކޭބަލް މެދުވެރިކޮށް މުޅި ރާއްޖެ 4ޖީ+ ނެޓްވޯކާ ގުޅާލީވެސް އުރީދޫއިން - އިނޮވޭޝަން ވަނީ އުރީދޫގެ ޑީ.އެން.އޭ އާއި ގުޅި ލާމެހިފައެވެ.

ހުޅުމާލޭގައި އުރީދޫގެ ޓިއަރ 3 ޑޭޓާ ސެންޓަރާއި، ކުޅުދުއްފުށީގައި ރީޖަނަލް ޑޭޓާ ސެންޓަރެއް ޤާއިމުކުރެވި، ޑިޖިޓަލް ދުނިޔޭގައި ރާއްޖެ ކުރިއަށް ދިއުމުގެ ފުރުޞަތު އުރީދޫއިން އަންނަނީ ފަހިކޮށްދެމުންނެވެ.

ރާއްޖޭގެ ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވުމުގެ ގޮތުން އުރީދޫ ނޭޝަން ތައާރަފުކޮށްފައިވެއެވެ. ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް ޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޕްރޮޑަކްޓްތައް ގެނެސް، އުރީދޫއިން މުޖުތަމައުގައި އިންވެސްޓްކުރުމަށް އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަމުން ދާނެކަމުގައި އުރީދޫއިން ބުނެއެވެ.

އުރީދޫއަށް 20 އަހަރުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަސްޓަމަރުންނަށް ޚާއްޞަ ބައެއް ކަންކަން ތިރީގައި މިވަނީއެވެ.

ލިވް އަންލިމިޓެޑް:

ލިވް އަންލިމިޓެޑް ވިތު އުރީދޫ އަކީ ހަމައެކަނި ސްލޯގަންއެއް ނޫނެވެ - އެއީ އުރީދޫއިން ވާ ވައުދެކެވެ. ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ތިމާގެ ލޯބިވާ މީހުންނާއި، ތިމާގެ ޝައުގުވެރިކަމާއި، އަދި ބޭރު ދުނިޔެއާ ގުޅިފައި ހުންނާނެ ކަމުގެ ވައުދެކެވެ. އެންމެ މަގުބޫލު ޝޯތައް ސްޓްރީމް ކޮށް، ގޭމްކުޅެ، ކިޔެވުމާއި މަސައްކަތުގެ މާހައުލުގައި ކުރަންޖެހޭ ކަންކަކް ކުރުމަށް ލިމިޓަކާއި ނުލާ ކަނެކްޓިވިޓީ އުރީދޫއިން ފޯރުކޮށްދޭނެއެވެ.

އުރީދޫގެ 20 އަހަރުގެ މުނާސަބަތުގައި ކޮންމެ 20 ދުވަހަކުން 1 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަކީ އުރީދޫއިން ވަނީ ނިންމާފައެވެ. އެއީ އުރީދޫއަށް ލިބޭނެ ވަރަށް ބޮޑު އުފަލެއްކަން ފާހަގަކޮށްފައިވެއެވެ. ޖުމްލަ 19 އުމްރާ ދަތުރު އުރީދޫއިން ދޭއިރު، ލަކީޑްރޯއެއް މެދުވެރިކޮށް ދެ މީހަކަށް ޙައްޖު ދަތުރެއް ބޮޑު އިނާމުގެ ގޮތުގައި ދޭނެކަންވެސް ހާމަކޮށްފައިވެއެވެ.

(t&c applies).

އެޕަލް ވެއާބަލްސް

އެޕަލް ވޮޗް ސީރީޒް 10 އަދި އެޕަލް ވޮޗް އަލްޓްރާއަށް އުރީދޫ އީސިމްގެ ހިދުމަތް ފޯރުކޮށްދޭ އެޕަލް ވޮޗް ސެލިއުލާ ސާވިސް ފޯރުކޮށްދިނުމަކީ އުރީދޫ މޯލްޑިވްސް އަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަން އުރީދޫއިން ފާހަގަކުރެއެވެ. މިއީ ރާއްޖޭގައި މިފަދަ ހިދުމަތެއް ދެވޭ ފުރަތަމަ ފަހަރު ކަމުގައިވާއިރު އަދި މިއީ އުރީދޫ ގުރޫޕުގެ  ފަރާތުން މި ސާވިސް ފޯރުކޮށްދެވޭ ތިންވަނަ ޤައުމެވެ.

މި ހިދުމަތް ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް ހިލޭ ލިބޭނެ ކަމަށާއި އެއަށް ފަހު މަހަކު 199 ރުފިޔާއަށް ހިދުމަތް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ. މި ހިދުމަތުގެ ސަބަބުން ފޯނު ބޭނުން ނުކޮށް ސީދާ އެޕަލް ވޮޗުން ގުޅާލެވޭނެ އެވެ.

ސްމާޓާ ހޯމް

ސުޕަނެޓް ކަނެކްޝަންތަކާއެކު ކަސްޓަމަރުންނަށް މިހާރު ބަންޑަލްޑް އޮފާއެއްގެ ދަށުން، ސެކިއުރިޓީ ކެމެރާ އަކާއި ސްމާޓް ޑޯބެލް ފަދަ ޒަރޫރީ ސްމާޓް ހޯމް ޑިވައިސްތައް ހިމަނައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ގޭބިސީތަކަށް ލުއި ފަސޭހަކަމާއި ސަލާމަތާއި ހިތްހަމަޖެހުން ގެނެސްދޭނެއެވެ.

ސްމާޓާ ހޯމް އިނީޝިއޭޓިވް އަކީ ސީމްލެސް ބްރޯޑްބޭންޑް ކަނެކްޓިވިޓީގެ ބާރުން ސްމާޓް ޑިވައިސްތައް ބޭނުންކޮށްގެން އާންމު ދިރިއުޅުމަށް ފަސޭހަކަމާއި ރައްކާތެރިކަން ގެނައުމަށް ލޯންޗުކުރެވުނު ޕްރަޑަކްޓެކެވެ. ކުރިއަށް އޮތް ތަނުގައި އުރީދޫގެ ޕޯޓްފޯލިއޯއަށް އާ ސްމާޓް ޑިވައިސްތައް އިތުރުވެގެންދާނެކަން އުރީދޫއިން ފާހަގަކުރެވެ.

ފަން ރަން

ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް އުރީދޫއިން ފަން ރަން ދެ ރަށެއްގައި ބޭއްވުމަށް ނިންމާފައިވާކަން ހާމަކުރެއެވެ.

ޑިސެމްބަރު މަހު އުރީދޫއިން ހުޅުމާލޭގައި ފަން ރަން ބާއްވާއިރު، މިއަހަރުގެ އަތޮޅު އެޑިޝަން ބޭއްވުމަށް ނިންމާފައިވަނީ 27 ޖޫން 2025 ގައި އައްޑޫ ސިޓީގައެވެ.

މަސްރޭސް

މިއަހަރުވެސް ތިން ސަރަހައްދެއްގައި މަސްރޭސް ބޭއްވުމަށް އުރީދޫއިން ވަނީ ނިންމާފައެވެ.  މާލެ އަތޮޅާއި ރާއްޖޭގެ ދެކުނު އަދި އުތުރުގެ ރަށެއްގައި އޮގަސްޓު މަހު މަސްރޭސް ބޭއްވިގެންދާނެކަން އުރީދޫއިން ފާހަގަކުރެއެވެ.

މަސްރޭސް ބޭއްވުމަށް އެކި ރަށްރަށުން އުރީދޫއަށް ވަރަށް ގިނަ ރިކުއެސްޓްތައް ލިބެމުންދާތީ، އުތުރާއި ދެކުނުގެ ރަށު ކައުންސިލްތަކަށް މަސްރޭސް އެމީހުންގެ ރަށްރަށުގައި ބޭއްވުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު އުރީދޫއިން ވަރަށް އަވަހަށް ހުޅުވާލާނެކަން ހާމަކުރެއެވެ.

އާ އެމްބެސެޑަރ

އުރީދޫއަކީ ދިވެހި ހުނަރުވެރިންނާއި މުޖުތަމައުއަށް އިންވެސްޓްކުރުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. ފުޓްބޯޅައަށް ޕާޓްނަޝިޕްގެ ދަށުން މާޒިޔާއާ އެކު ކަލްޗާއަށް ޕާޓްނަޝިޕްގެ ދަށުން ހަބޭސް ބޮޑުބެރުއާ އުރީދޫއިން އަންނަނީ އިންވެސްޓް ކުރަމުންނެވެ.

މިއަހަރު އުރީދޫގެ އާ ސަފީރަކު ޢައްޔަންކޮށް، މަސްވެރިކަމުގެ ދާއިރާއަށް އުރީދޫއިން ވެފައިވާ ވަޢުދު އަލުން ކަށަވަރު ވެގެން ދާނެކަން އުރީދޫއިން ފާހަގަކުރެއެވެ.  އުރީދޫގެ އާ ސަފީރަކީ އާދަމް ރަޝީދެވެ. އޭނާއަކީ ސޯޝަލް މީޑިއާގައި މަޝްހޫރު، އޭނާގެ ޗެނަލް ނަން "ދަ ލައިފް އޮފް އަ ފިޝަރމޭން" ފަރެސް މާތޮޑާގެ ޕޯލް އެންޑް ލައިން މަސްވެރިއެއްގެ ގޮތުގައި އޭނާގެ ދަތުރާއި އެޑްވެންޗާތައް ހިއްސާކުރަމުން އަންނަ ފަރާތެކެވެ.

އުރީދޫ އާއިލާއަށް ރާޝިދަށް މަރުހަބާ ކިޔުމަކީ އުރީދޫއަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަން އުރީދޫއިން ފާހަގަކުރެއެވެ.


އުރީދޫއިން ހާމަކުރާގޮތުގައި އުރީދޫއިން އަބަދުވެސް ގަބޫލުކުރަނީ އާ ކަންކަން ކޮށް، އިންޑަސްޓްރީއަށާއި މުޖުތަމައުއަށް ފައިދާ ވާ ގިނަ ކަންތައްތައް ކުރުމަށެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެ އާއި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ޚާއްޞަ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުން އަންނަކަންވެސް އުރީދޫއިން ހާމަކުރެއެވެ.

20 އަހަރަކީ ކުޑަ ދުވަސްކޮޅަކަށްވީ ނަމަވެސް، އުރީދޫއިން އުރީދޫގެ މުވައްޒަފުންނާއި މެނޭޖްމަންޓުން ބުރަ މަސައްކަތުން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށް، ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް އަންނަނީ ރާއްޖެ އަށް ގެންނަމުންނެވެ.

އުރީދޫއިން ބުނާގޮތުގައި މިއަދު އުރީދޫއިން މިފާހަގަކުރީ، މިއަހަރު އަންނަ ބައެއް ކަންތައްތަކެވެ. މުޅި އަހަރަށް އަދިވެސް އިތުރު ސަޕްރައިޒްތަކެއް އަންނަން އެބަހުރިކަންވެސް އުރީދޫއިން ފާހަގަކުރެއެވެ.

އުރީދޫ މޯލްޑިވްސް "ލިވް އަންލިމިޓަޑް" ތަޖުރިބާއާއެކު ތިޔަބޭފުޅުންނަށް ދިރިއުޅުމަށް ފަސޭހަވާފަދަ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫއިން އެތިބީ ތައްޔާރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް