ފޯނެއް ވަގަށް ނަގައި ބައި ލައްކައަށްވުރެ ގިނަ ރުފިޔާ ޓްރާންސްފާކުރި މީހަކު ހައްޔަރު

މީހެއްގެ ފޯނު ވަގަށްނަގައި އެ މީހާގެ އެކައުންޓުން ބައި ލައްކައަށްވުރެ ގިނަ ރުފިޔާ ޓްރާންސްފާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފިއެވެ. މިފަދަ މައްސަލައެއްގައި މާލެއިން ...

09 Apr 2025 | 05:12

މީހެއްގެ ފޯނު ވަގަށްނަގައި އެ މީހާގެ އެކައުންޓުން ބައި ލައްކައަށްވުރެ ގިނަ ރުފިޔާ ޓްރާންސްފާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފިއެވެ.

މިފަދަ މައްސަލައެއްގައި މާލެއިން ހައްޔަރުކޮށްފައިވަނީ ނ. ޅޮހީ، ފެހިވިނަ، އުމުރުން 25 އަހަރުގެ އަބްދުﷲ ސާއިފް އެވެ.

ދުވަހަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ ސާއިފް ހައްޔަރުކޮށްފައިވަނީ މީހެއްގެ ފޯނު ވަގަށް ނަގައި އެ މީހާގެ އެކައުންޓްގައި ހުރި 50،000 އަށްވުރެ ގިނަ ރުފިޔާ އެހެން އެކައުންޓްތަކަށް ޓްރާންސްފާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ކަމަށެވެ.

ހޯމަ ދުވަހު ހައްޔަރުކުރި ސާއިފްގެ ބަންދާއިމެދު ގޮތެއް ނިންމި، ސާއިފްގެ ބަންދު އަމުރުގައި ބުނެފައިވަނީ ފައިސާ ޓްރާންސްފާ ކޮށްފައިވަނީ ސާއިފްގެ އެކައުންޓަކަށް ކަން އެނގޭ ކަމަށާއި ފޯނު ވަގަށް ނެގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފައިސާ ނަގާފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.

ފަސް ދުވަހުގެ މުއްދަތަށް ސާއިފް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް