އުރީދޫ ހަދިޔާފޮށި މިއަހަރު ހުޅުވަން ލިބޭ ފަހުދުވަހަކީ މާދަމާ، ފިތުރު އީދު ދުވަސް ކަމުގައި އުރީދޫއިން ބުނެފިއެވެ.
ހަދިޔާ ފޮށީގައި ހިމެނޭ އެންމެ ހާއްސަ އިނާމު، އެޕަލް ވިޝަން ޕްރޯ މާދަމާ ނަސީބުވެރިފަރާތަކަށް ލިބިގެންދާނެއެވެ.
ހަދިޔާ ފޮށީގެ ދެވަނަ އަހަރު ގުނަމުން ދާއިރު، މި ރޯދަ މަހުވެސް އެތައް ހަދިޔާ ތަކެއް ވަނީ އުރީދޫ ކަސްޓަމަރުންނަށްޓަކައި ހަދިޔާ ފޮށްޓަށް އަޅާ ފުރާލާފައެވެ. މީގެ ތެރޭގައި އެންމެ ހާއްސަ އިނާމަކީ އެޕަލް ވިޝަން ޕްރޯއެވެ. މީގެ އިތުރުން ޕީ.އެސް 5، މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަރ ހިމެނެއެވެ. ހަމަ މިއާއެކު، ޑޭޓާ ޕެކް، ގޭމިން ޕެކް، އަދި އިތުރު ގިނަ އިނާމު ތަކެއް ހިމެނެއެވެ. ޑޭޓާ ޕެކް ލިބުމުން ވަގުތުން އެކައުންޓް ބެލެންސަށް އެއްވެގެން ދާނެއެވެ.
ހަދިޔާ ފޮށީގައި ބައިވެރިވުމަށް، އުރީދޫ ސުޕަރއެޕަށް ވަނުމަށް ފަހު ހޯމްޕޭޖުގައި އިންނަ ހަދިޔާފޮށި ބެނާއަށް ފިތާލާށެވެ. މިއާއެކު ހަދިޔާ ފޮށްޓެއް ސްކްރީނުން ފެންނާނެއެވެ. ފޮށި ހުޅުވެންދެން ފޮށްޓަށް ފިތަމުން ގެންދާށެވެ. ފޮށި ހުޅުވުމުން ލިބުނީ ކޮން އިނާމެއްކަން ފެނިގެން ދާނެއެވެ. ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު އެއްފަހަރު ހަދިޔާފޮށީގައި ބައިވެރިވެވޭނެއެވެ. އަދި ދެން ހަދިޔާފޮށި ކުޅެވޭނެ ވަގުތު ބެނާއިން ފެނިގެންދާނެއެވެ. ހަދިޔާ ފޮށި ކުޅޭ ކޮންމެ ފަހަރަކީ އިނާމެއް ލިބޭނެ ފަހަރެކެވެ.
ކޮންމެ ދުވަހަކު ހަދިޔާ ފޮށި ކުޅެގެން "ސްޓްރީކް" ހެދޭނެއެވެ. އަދި "ކަރާ ޕޮއިންޓްސް" ލިބިގެންދާނެއެވެ. ކޮންމެ ދުވަހަކު ކުޅެގެން ޕޮއިންޓް އިތުރުކޮށް ލީޑަރބޯޑުގެ ކުރި ހޯދާށެވެ. ކޮންމެ ހަފްތާއެއްގައި ލީޑަރބޯޑުގެ އެންމެ ކުރީގައިވާ 3 ކަސްޓަމަރުންނަށް "ވީކްލީ މެގަ ގިފްޓް" ލިބިގެންދާނެއެވެ.
މިއީ ފަހު ފުރުސަތު. ފަހަރުގައި މިއަހަރު އެޕަލް ޕްރޯ ގެ ނަސީބުވެރިޔަކީ ތިބާ ކަމުގައި ވެދާނެ!
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް