ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެގޮތުން އެޗްޑީސީން މިއަދު ބުނެފައިވަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިމަކުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ހިއްކަން ފަށާފައިވާ ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ މަސައްކަތް އެ ކޯޕަރޭޝަނުން އަންނަނީ ކުރަމުން ކަމަށާއި ބިންހިއްކުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާއިރު، އެ ސަރަހައްދުގައި އަޅާފައިހުރި ބައެއް އުޅަނދު އަދިވެސް ނުނަގާ ހުރުމުން، ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާތީ، އެ އުޅަނދުތައް ނެގުމުގެ މަސައްކަތް އެ ކޯޕަރޭޝަން އާއި މެރިން ޕޮލިސް ގުޅިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ.
"މިގޮތުން އެކުލަވާލެވިފައިވާ ޗާޓުގައި ފެހި ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި" އެޗްޑީސީން ބުނެފައިވެއެވެ.
ބިންހިއްކުމުގެ އެމަސައްކަތަށް ދަތިވާތީ، އެ ސަރަހައްދުގެ ފަޅުގައި ހުރި އުޅަނދުތައް ނެގުމަށް މީގެ ކުރިން އެޗްޑީސީ އިން ވަނީ އެކަން ތަކުރާރުކޮށް އަންގާފައވެ.
އުޅަނަދުތައް ނެގުމަށް އެ ކޯޕަރޭޝަނުން ކުރި އިއުލާނާ ގުޅިގެން ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާ އެކު، އެ ސަރަހައްދުގައި އަޅާފައި ހުރި ގިނަ އުޅަނދުތައް ވަނީ ނަގާ އެހެން ސަރަހައްދުތަކަށް ބަދަލު ކުރެވިފައިކަންވެސް އެޗްޑީސީއިން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް