ކޮސްމެޓިކްސް ޕެކޭޖުތަކެއްގައި އެތެރެ ކުރި ތިން މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

ޕޯސްޓު މެެދުވެރިކޮށް ރާއްޖެއަށް އެތެރެ ކުރި ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ. އެ އިދާރާއިން މިއަދު ބުނީ މިތަކެތި އަތުލައިގެންފައިވަނީ މިދިޔަ މާޗް މަހުގެ 29 އަދި...

09 Apr 2023 | 16:49

ޕޯސްޓު މެެދުވެރިކޮށް ރާއްޖެއަށް އެތެރެ ކުރި ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

އެ އިދާރާއިން މިއަދު ބުނީ މިތަކެތި އަތުލައިގެންފައިވަނީ މިދިޔަ މާޗް މަހުގެ 29 އަދި 31 ވަނަ ދުވަހު ރާއްޖެ ގެނެސްފައިވާ ޕެކޭޖު ތަކެއްގެ ތެރޭގައި ހުރި ކޮސްމެޓިކްސްތަކެއްގެ ތެރެއިން ކަމަށެވެ. އެ ޕެކޭޖުތައް ރާއްޖެ ގެނެސްފައިވަނީ އިނގިރޭސިވިލާތުންނެވެ.

ކަސްޓަމްސްއިން ބުނީ 29 މާޗުގައި އައި ދެ މެޕޭކުގެ ތެރެއިން ހަ ދަޅުގައި މަސްތުވާތަކެތި ހުރި އިރު31 މާޗްގައި ބަލާ ފާސް ކުރި ޕެކޭޖުން ހަތަރު ދަޅެއްގައި މަސްތުވާތަކެތި ހުރި ކަމަށެވެ. އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓ ކުރުމުން ޕޮސިޓިވްވެފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށެވެ.

މިތަކެތީގެ ބަރުދަނުގައި ޕެކިނާއި އެކު 1.8 ކިލޯ ހުއްޓެވެ. މިތަކެތީގެ މަގުމަތީ އަގަކީ 3,240,000.00 (ތިން މިލިއަން ދެ ލައްކަ ސާޅީސްހާސް) ދިވެހި ރުފިޔާކަމަށް ކަސްޓަމްސްއިން ލަފާ ކުރެ އެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލު ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް