މަގުމަތިވެފައިވާ ތިން މައިންނަށް ޖެންޑާއިން އެހީތެރިކަން ފޯރުކޮށްދީފި

ދެ ދަރިންނާއި އެކު މަގުމަތިވެފައިވާ އަންހެން މީހާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ. އެ އަންހެން މީހާ ދިރިއުޅެމުން ދިޔައީ ކުރީގެ ފިރިމީހާ ގޭގައި އެ ތިން މައިން ދ...

09 Apr 2023 | 16:27

ދެ ދަރިންނާއި އެކު މަގުމަތިވެފައިވާ އަންހެން މީހާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

އެ އަންހެން މީހާ ދިރިއުޅެމުން ދިޔައީ ކުރީގެ ފިރިމީހާ ގޭގައި އެ ތިން މައިން ދިރިއުޅުމަށް ދީފައި ހުރި ކޮޓަރިއެއްގައި އެވެ. ހާލުގައި ޖެހުނީ ކުއްލިއަކަށް ތަޅު ބަދަލުކޮށް ތިން މައިންނަށް ކޮޓަރިއަށް ނުވަދެވޭ ގޮތް ހަދައި އެމީހުން ގެންގުޅުނު ހުރިހާ އެއްޗެއް މަގުމައްޗަށް ނެރުމުންނެވެ.

މިކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަންހެނަކު އޭނާގެ ދެ ކުދިންނާއި އެކު އެމީހުން ދިރިއުޅެމުންދިޔަ ގެއިން ނެރުމާއި ގުޅޭ މައްސަލައެއް އެ މިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.

މިނިސްޓްރީގެ އޮފިޝަލުން މިހާރު ވަނީ އެ ފަރާތް މިހާރު ދިރިއުޅެމުންދާ ތަނަށް ގޮސް ތިން މައިންގެ ހާލަތު ބަލައި، އެފާރާތުން ބޭނުންވާ އެހީތެރިކަ ން ފޯރުކޮށްދީފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ތިން މައިންގެ ހާލަތު އާންމުންގެ ސަމާލު ކަމަށް ގެނައީ މަންމައިން ގުޅިގެން އުފައްދާފައިވާ ޖަމިއްޔާ “މަންމްސް އެއިޑް”އިންނެވެ. އެ ޖަމިއްޔާއިން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ތިންމަންއިންނަށް ބޭނުންވާ އެހީތެރިކަމާއި ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ހަމަޖެހޭނެ ގޮތެއް ހޯދުމަށް އެހީތެރިވުމަށް އެދިފައި އެވެ.

އެ ޖަމިއްޔާއިން ބުނީ ކުރީގެ ފިރިމީހާގެ ގޭގައި އުޅުނު ކޮޓަރިން ނެރުމުން އެމީހާ އޭގެ ފަހުން އުޅުނީ ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި ކަމަށެވެ. ދެ ކުދިންނާއި އުޅޭ އެކޮޓަރިއަށް ދުވާލަކަށް 500 ރުފިޔާގެ މަގުން ކުލި ދައްކަމުން ދިޔައީ ރޮށި ފިހެދީގެން ލިބޭ ފައިސާއިން ކަމަށް ބުނެފައިވެ އެވެ.

އެ ތިން މައިންނަށް އެހީ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ އެ ކޮޓަރިންވެސް އެމީހުން ނެރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް