ޖޭޕީއާއެކު މަޝްވަރާ ކުރުމަށް އެމްޓީޑީން ޓީމެއް އެކުލަވާލައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކޯލީޝަން ހެދުމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާ ކުރުމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އިން ޓީމެއް އެކުލަވާލައިފިއެވެ. އެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ އ...

09 Apr 2023 | 15:59

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކޯލީޝަން ހެދުމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާ ކުރުމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އިން ޓީމެއް އެކުލަވާލައިފިއެވެ.

އެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ އެ ޕާޓީގެ ސީނިއަރ ކައުންސިލް މެންބަރު އަބްދުލް ރަޝީދު ނާފިޒާއި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަޝްރަފް (ޝުމްބާ)ގެ އިތުރުން އެ ޕާޓީގެ ލީގަލް އެޑްވައިޒަރު މުހައްމަދު ހަލީމް (ހަލީމްބައި) އެވެ.

ޖޭޕީއާއެކު މަޝްވަރާ ކުރުމަށް އެމްޓީޑީން ޓީމެއް އެކުލަވާލާފައިމިވަނީ އެ ޕާޓީއާއެކު މަޝްވަރާ ކުރަން ބޭނުންވާކަން ހާމަކޮށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ފޮނުއްވެވި ސިޓީފުޅަކާއި ގުޅިގެންނެވެ.

ޓީމު އެކުލަވާލިނަމަވެސް މަޝްވަރާ ފަށާނެ ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް