އަންގާރަ ދުވަހުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގެންނާނެ

މިމަހުގެ 11 ވާ އަންގާރް ދުވަހުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގެންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން މިއަދު ބުނީ ގޮވާމުން ޒަކާތް ބަލައިގެންނާނީ އެ ދުވަހުން ފެށިގ...

09 Apr 2023 | 15:56

މިމަހުގެ 11 ވާ އަންގާރް ދުވަހުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގެންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ގޮވާމުން ޒަކާތް ބަލައިގެންނާނީ އެ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ޒަކާތުގެ ގޮތުގައި ބަލައިގެންނާނީ އެބަޔަކު އާންމުކޮށް ކެއުމަށް ބޭނުން ކުރާ ގޮވާމުގެ ބާވަތަކުން 2.4 ކިލޯ އެވެ.

އަތޮޅު ތެރޭގައި ގޮވާމުން ޒަކާތް ބަލައިގެންނަ ގަޑިތަކާއި އިންތިޒާމްތައް އިއުލާނު ކުރާނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ. މާލޭގައި ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލްގައި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ގޮވާމުން ޒަކާތް ބަލައިގެންނާނީ މަޖީދިއްޔާ ސްކޫލްގެ ސަލާހުއްދީން ހޯލްގައި ކަމަށެވެ. އެތަނަށް ވަންނަން ބޭނުން ކުރާނީ ކުރީގެ ދަރުމަވަންތަ ސްކޫލްގެ މައި ގޭޓު ކަމަށްވާ އަމީރު އަހުމަދު މަގުގެ ގޭޓެވެ.

މާލޭގައި ޒަކާތް ބަލައިގެންނާނީ

ހެނދުނު 10:00-12:00

މެންދުރު 1:00-3:15 އަދި

ރޭގަނޑު 9:00-10:30 އަށެވެ.

ގޮވާމުގެ ގޮތުގައި ބަލައިގެންނާނީ، ގޮދަން ފުށް، އާދައިގެ ހަނޑޫ، ބާސްމަތީ ހަނޑޫ، ބާސްމަތީ ހަނޑޫ، ތައިލެންޑު ހަނޑޫ، ރަތް ހަނޑޫ އަދި އާޓާ ފުށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް