އެތެރެ ހަށީގައި ފޮރުވައިގެން ރާއްޖެއަށް އެތެރެ ކުރި ރަންތަކެއް އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ބުނީ މި މައްސަލައިގަ ހިފަހައްޓާފައި ވަނ ީ43 އަހަރުގެ އިންޑިއާ މީހެކެވެ. އެމީހާ ރާއްޖެ އައީ ވައިގެ މަގުން އަބޫދާބީންނެވެ.
ކަސްޓަމްސްއިން ބުނީ ވިޒްއެއާގެ ފްލައިޓެއްގައި އެމީހާ ރާއްޖެ އައީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އެމީހާ ބޮޑީ ސްކޭން ކުރަން ނިންމީ އޭނާ އާއިމެދު ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ.
އެ ސްކޭނުން އޭނާގެ ހަށިގަނޑުގައި އެއްޗެއް ރައްކާކޮށްފައި ހުރިކަން ފާހަގަ ކުރެވުމުން ސުވާލު ކުރި ކަމަށާއި އެމީހާ ވަނީ ހަށިގަނޑުގައި ރަން ހުންނާނެ ކަމަށް އެއްބަސްވެފައި ކަމަށް ބުންޏެވެ.
ކަސްޓަމުން ބުނީ އޭނާގެ ހަށިގަނޑުން ނެގި ރަނުގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ361 ގްރާމް ހުރި ކަމަށެވެ.
މިމައްސަލަ މިހާރު ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް