ރ މަޑުއްވަރީގައި ހިނގި އެކްސިޑެންޓެއްގައި އެ ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަސްލަމް އަބްދުﷲ ނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާގެ ރިޕޯޓު ކުރީ މެންދުރު ކަމަށެވެ. މިހާދިސާގައި ނިޔާވީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވިދާޅުވި އެވެ.
މި އެކްސިޑެންޓު ހިނގީ ޕިކަޕެއް ފަހަތަށް ޖެއްސުމުގެ ތެރޭގައި އަސްލަމް ފާރަކާއި ދޭތެރޭ ފިތިގެންނެވެ. އެ ޕިކަޕަކީ ކައުންސިލް އިދާރާގެ ޕިކަޕެއް ކަމަށްވެ އެވެ.
މި ހާދިސާގައި އޭނާގެ ފައި ބުރިވެފައިވާ ކަމަށް ހާދިސާގެ މައުލޫމާތު އެނގޭ މީހުން މީޑިއާގައި ބުނެފައިވެ އެވެ. އޭނާ ނިޔާވީ ފައި ބުރިވިތަނުން ލޭމަނާ ނުވެގެން ކަމަށްވެސް ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަސްލަމް ނިޔާވީ ލިބުނު އަނިޔާތަކަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ކަމަށެވެ. މި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
އަސްލަމް ނިޔާވިއިރު ތިން ކުދިންނާއި އަންބަކު ދުނިޔޭގައި އެބަ ހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް