ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރާކަށް ނުނިންމަން، ނުވެސް ނިންމާނަން: ޝުޖާއު

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެއްވުމަށް ނިންމާފައިވާ ޝުޖާއު ހުސައިން، އެ ނިންމުމަަށް ބަދަލެއް ނުގެންނަވާކަން ހާމަކުރައްވައިފި އެވެ. އޭނާ މިކަން ހާމަކުރ...

09 Apr 2023 | 08:18

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެއްވުމަށް ނިންމާފައިވާ ޝުޖާއު ހުސައިން، އެ ނިންމުމަަށް ބަދަލެއް ނުގެންނަވާކަން ހާމަކުރައްވައިފި އެވެ.

އޭނާ މިކަން ހާމަކުރެއްވީ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަ ނުކުރައްވާނެކަމަށް ބައެއް ފަރާތްތަތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ނެވެ.

ޝުޖާއު ވިދާޅުވީ ކުރިން ވެސް އިޢުލާން ކޮށްފައިވާ ފަދައިން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނެ ކަމަށެވެ. އަދި މި ނިންމުމަށް އެއްވެސް މިންވަރެއްގެ ބަދަލެއް ނާންނަކަމަށާއި ނުވެސް އަންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޝުޖާއު އަކީ މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އެއްބޭފުޅަކީ ޝުޖާއު އަށްވާ އިރު، އޭނާ ގެންދަވަނީ އިންތިޚާބަށް ތައްޔާރުވެ، ތާއިޑު ހޯއްދެވުމުގެ މަސައްކަތްތައް ވެސް ކުރައްވަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް