އީރާނު މަގުމަތީގައި ބުރުގާ ނާޅާ އުޅޭ އަންހެނުން ހޯދަން ކެމެރާ ހަރުކުރަނީ

އިރާނު މަގުތަކުގައި ބުރުގާ ނާޅާ އުޅޭ އަންހެނުން ހޯދަން ކެމެރާތަކެއް އިންސްޓޯލް ކުރަން ނިންމައިފި އެވެ. އެގައުމުގެ ފުލުހުން ނެރުނު ބަޔާނަކާއި ހަވާލާދީ އިރާންގެ ދައުލަތުގެ ހަބަރުފަތުރާ ވަސީލަތްތަކުން ރި...

09 Apr 2023 | 08:05

އިރާނު މަގުތަކުގައި ބުރުގާ ނާޅާ އުޅޭ އަންހެނުން ހޯދަން ކެމެރާތަކެއް އިންސްޓޯލް ކުރަން ނިންމައިފި އެވެ.

އެގައުމުގެ ފުލުހުން ނެރުނު ބަޔާނަކާއި ހަވާލާދީ އިރާންގެ ދައުލަތުގެ ހަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ކެމެރާ ހަރު ކުރަން ނިންމީ ބުރުގާ އެޅުމަށް އެ ގައުމުގައި ހެދިފައިވާ ގާނޫނާއި އެއްގޮތަށް އަންހެނުން އަމަލު ކުރޭތޯ ބެލުމެވެ. އަދި ބުރުގާ އާއި ދެކޮޅު ހަރަކާތްތައް މަދު ކުރުމަކީ ބޭނުުމެކެވެ.

އީރާން ފުލުހުން ބުނީ އަލަށް ހެދި މި ގަވައިދަށް އަމަލު ކުރަން ފެށުމުން ބުރުގާ ނާޅައި އުޅޭ އަންހެނުން ދެނެގަތުމަށް ފަހު، އެފަދަ އަންހެނުންގެ ފޯނަށް، އިންޒާރުގެ ޓެކްސްޓް މެސެޖެއް ފޮނުވާނެ އެވެ. އެ މެސެޖްގައި ހަނދާންކޮށްދީފައި ވާނީ، އެ ގައުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ބުރުގާ ނާޅައި އާންމު ތަންތަނުގައި އުޅޭ ނަމަ، ކުރިމަތިވެދާނެ ނަތީޖާއަކާ މެދު ސަމާލުވުމަށެވެ.

މި ބަޔާނުގައި ވަނީ ވިޔާފާރިވެރިންނަށްވެސް ބުުރުގާ ނާޅާ ތިބޭ އަންހެނުންނަށް ހިދުމަތް ނުދިނުމަށް ހަނދާން ކޮށްދީ، އެ ގާނޫނާއި ހިލާފުވާ ވިޔަފާރިތަކަށް ފިޔަވަޅު އާޅާނެ ކަމުގެ އިންޒާރު ދީފައި އެވެ. އީރާނު ގާނޫނު ބުނާގޮތުން އަންހެނުން އާންމު ތަންތަނުގައި އުުޅެން ޖެހޭނީ ބުރުގާ އަޅައި ބޯ ނިވާކޮށް، ދޫކޮށް ހެދުން ލައިގެންނެވެ.

އީރާނުގައި ބުރުގާ އެޅުމަށް އާ ގަވައިދެއް ހަދާފައި މިވަނީ ފެޝަން ބުރުގާ އެޅި މަހްސާ އަމީނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހައްޔަރު ކުރިތާ މާގިނަ އިރެއް ނުވެ އޭނާ މަރުވި މައްސަލައިގަ ބޮޑެތި މުޒާހަރާތަކެއް ކޮށްފައި ވަނިކޮށެވެ. މި މުޒާހަރާތަކުގައި އަންހެނުން ވަނީ ބުރުގާތައް ނަގައި އިސްތަށިގަނޑު ބުރިކޮށް މަގުމަތީގައި އަންދާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް