އިންޑިއާގެ އެއްވަނަ އަންހެން ކޮމީޑީއަން ބާރްތީ ސިންގ ދެން ބޭނުންވަނީ ހަމައެކަނި އަންހެން ކުއްޖެއް ކަމަށް ބުނެފި އެވެ.
ބޮލީވުޑްގެ ބަލަތާ ކަރީނާ ކަޕޫރުގެ ޝޯ "ވަޓް ވުމެން ވޯންޓް" ވާހަކަ ދައްކަމުން ބާރްތީ ބުނީ އޭނާ ދެވަނަ ދަރިއަކު ހޯދަން މިހާރު ހުރީ ތައްޔާރަށް ކަމަށެވެ. އޭނާއަށް ފުރަތަމަ ދަރިފުޅު ލަކްޝް ލިމްބަޗިޔާ ލިބިފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް ތިނެއްގައި އެވެ.
ބާރްތީ އެ ޝޯގައި ބުނީ މިހާރު ލިބިފައި ހުރީ ފިރިހެން ކުއްޖެއް ކަމުން ދެން އަންހެން ކުއްޖެއް ނޫން ޖިންސެއްގެ ކުއްޖެއް ބޭނުން ނުވާ ކަމަށެވެ. އޭނާ ވަނީ ކަރީނާ ކައިރީ ބަނޑުގައި އަށަގަންނާނީ އަންހެން ކުއްޖެއް ކަން ކަށަވަރުވާނެ ފަދަ އިންޖެކްޝަނެއް ހުރި ނަމަ ބުނެ ދިނުމަށް އެދިފައި އެވެ.
ޖަވާބުގައި ކަރީނާ ބުނީ އޭނާގެ ހުންނަނީ ދެ ފިރިހެން ކުދިން ކަމަށާއި އެފަދަ އިންޖެކްޝަނެއްގެ މައުލޫމާތު ނޭނގޭ ކަމަށެވެ.
ބާރްތީ އިތުރަށް ބުނީ ވަރަށް ގޮތްދޫ ނުކުރާ ދަރިއަކު އޭނާ ބޭނުންވާ ކަމަށެވެ. އަދި ބޭނުން ވަނީ ދަރިފުޅު ލަކްޝް ޝޮޕިން މޯލްއަކަށް ގޮސް އެންމެން ކުރިމަތީ ރޮއެ ރުޅި ދައްކައި އޭނާ ލަދު ގަންނަވާލާ ގޮތަށް އުޅޭތަން ބަލަން ކަމަށް ބުންޏެވެ.
ބާރްތީ އާއި ފިރިމީހާ ހަރްޝް ލިމްބަޗިޔާ ކައިވެނި ކުރީ 2017 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް