ސަރުކާރުން އެންމެ ފަހަރަކުވެސް މާލޭ ސިޓީ ކައުންސިލްގެ އަޑު އަހާލުމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
މުއިއްޒު މިހެން ވިދާޅުވީ އަމީނީ މަގު ތަރައްގީ ކުރުމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި އެވެ. އާރުޑީސީއާ ހަވާލުކޮށްގެން އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިޔަށް ގެންދަނީ އެކި ސެގްމެންޓުތަކަށް ބަހާލައިގެންނެވެ.
ޑރ. މުއިއްޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އަމީނީމަގުގެ މަސައްކަތް ދާގޮތުގެ ސަބަބުން ރައްޔިތުން ދަނީ ވަރަށް ބޮޑެތި ތަކްލީފު އުފުލަމުން ކަމަށެވެ. އަދި ނަފްސާނީ، އިޖްތިމާޢީ އެތައް ގެއްލުމެއް އާންމު ރައްޔިތުންނަށް ވަމުންދާ ކަމަށެވެ.
އިތުރަށް ވިދާޅުވީ އެތަކުލީފުތަކާއި ޝަކުވާތައް ރައްޔިތުން ދަނީ ކައުންސިލާއި މިކަންކަން ޙިއްސާ ކުރަމުން ކަމަށެވެ. މޭޔަރު ވިދާޅުވީ އެންމެ ފަހަރަކު ނަމަވެސް ސަރުކާރުން ކައުންސިލްގެ އަޑު އެހުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.
https://twitter.com/MMuizzu/status/1644935373292965890?t=1_uT0HSd3w1-wfPmWOKX7g&s=08
އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ދިގުލައިގެންދާ މައްސަލައަކީ އާންމުންގެ ކަންބޮޑޫވުމެކެވެ. ތާރު އަޅައިގެން ތަރައްގީ ކުރާ މަގުގެ ފުރަތަމަ ސެގްމެންޓު ނިންމައި އާރުޑީސީއަށް ތާރު ނޭޅިގެން އެންމެ ފަހުން އެ މަސައްކަތް ކުރީ އެމްޓީސީސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް