ކުރިޔަށް މިދާ ބަރަކާތްތެރި ރަމަޟާން މަހުގެ17 ވިލޭރޭ މާތްވެގެންވާ މައްކާގެ ހަރަމްފުޅަށް އެއް މިލިއަނަށްވުރެ ގިނަ މީހުން ޖަމާވި ކަމަށް ސައުދީ އަރަބިއްޔާ ސަރުކާރުން ހާމަކޮށްފި އެވެ.
ކޮންމެ އަހަރެއްގެވެސް ރޯދަ މަހަކީ އެތައް ހާސް ބަޔަކު އުމްރާގެ އަޅުކަމާއި އެހެނިހެން އަޅުކަންތަކަށް ހަރަމްފުޅަށް ޖަމާވާ މަހެކެވެ. އެ އަދަދު މަދުވީ ކޯވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކާއި ގުޅިގެންނެވެ. މިއަހަރަކީ އެ ފިޔަވަޅުތައް އުވާލައި މުޅި ހަރަމްފުޅު އާންމުކޮށް ހުޅުވާލާފައި އޮތް އަހަރެކެވެ.
ދެ ހަރަމްފުޅު ބަލަހައްޓާ އިދާރާއިން އާންމުކޮށްފައިވާ މައުލޫމާތު ތަކާއި ހަވާލާދީ ސައުދީ މީޑިއާގައި ބުނެފައިވަނީ ހުއްދަތައް ދިނުމަށް ހާއްސަކޮށްފައިވާ އެޕްލިކޭޝަން، ނަކްލް މެދުވެރިކޮށް 17 ވިލޭރޭ މައްކާއަށް 5،000 ވެހިކަލް އެތެރެވުމުގެ ހުއްދަ ދެވިފައިވާ ކަމަށެވެ. އަދި3،000 އިލެކްޓްރިކް ވެހިކަލަށް ވަނުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
ހަރަމްފުޅުގެ ސެކިއުރިޓި ބެލެހެއްޓުމުގައި އަންހެނުންނާއި ފިރިހެނުން ހިމެނޭހެން4،000 ސެކިއުރިޓީން ހަރަކާތްތެރިވެފައިވެ އެވެ. އަދި ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމަށް200 ސުޕަވައިޒަރުން ހަރަކާތްތެރިވާނެ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
ހަރަމްފުޅު ސަރަހައްދު ބަަލަހައްޓާ މުވައްޒަފުން އެ ސަރަހައްދު ކޮންމެ ދުވަހަކު 10 ފަހަރު ދޮވެ ސާފުކުރާނެ އެވެ. އަދި އަޅުކަމަށް އަންނަ މީހުންނަށް ކޮންމެ ދުވަހަކަށް ޒަމްޒަމް ފެނުގެ 7،000 ފުޅި ބަހަން 800 މީހަކު ހަރަކާތްތެރިވެ އެވެ. މީ
ގެ އިތުރުން ވެސް 500،000 ލިޓަރުގެ ފެން ކޮންމެ ދުވަހަކު ހަރަމްފުޅު ސަރަހައްދުން ދޫކުރަމުން ގެންދާނެ ކަމަށް ބުނެފައިވެ އެވެ.
ސައުދީ ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ރޯދަ މަހުގެ ފުރަތަމަ 10 ނިމުނު އިރު 10.3 މިލިއަން މުސްލިމުން މަސްޖިދުއް ނަބަވީ އަށް ވެސް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް