ދުވަހުގެ މޫސުން: އުތުރާއި މެދުރާއްޖޭގެ ބައެއް ރަށްރަށަށް ވިއްސާރަ ކުރާނެ

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު އުތުރާއި މެދުރާއްޖޭގެ ބައެއް ރަށްރަށަށް ވިއްސާރަކުރާނެކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު...

09 Apr 2023 | 04:29

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު އުތުރާއި މެދުރާއްޖޭގެ ބައެއް ރަށްރަށަށް ވިއްސާރަކުރާނެކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ލަފާކޮށްފައިވާގޮތުގައި އުތުރާއި މެދުރާއްޖޭގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރި ނަމަވެސް ދެކުނުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެއެވެ.

"ވައިއެނބުރި އާންމުގޮތެއްގައި މަޑުން، ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު ތިން މޭލާއި 10 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ" މެޓުން ބުނެފައިއެވެ.

މެޓުން އިތުރަށް ބުނެފައިވަނީ މިއަދު ކަނޑުތައް މަޑުވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ އެއް ފޫޓާއި ތިން ފޫޓާއި ދެމެދުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް