ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
މިކަން ހާމަކޮށް އެމްޓީސީސީން މިއަދު ބުނީ ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ރޫފް ސްޓްރަކްޗަރ ހެދުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައި ކަމަށެވެ.
އަދި، ސައިޓުގައި މިހާރު ކުރިއަށްދަނީ ރޫފިންގ ޝީޓް ހަރުކުރުމާއި، ޕްލާސްޓަރިންގް މަސައްކަތް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 5.99 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް