މުދާ އުފުލާ ލިފްޓެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި މުދާ އުފުލާ ލިފްޓެއް ވެއްޓި 2 މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ ހުޅުމާލޭގައި ހުރި ގުދަނެއްގައި މުދާ އުފުލުމަށް ބޭނުންކުރާ ލިފްޓެއް ވެއްޓި ދެ މީހަކަށް އަނިޔާ ވެފައިވާ ކަމަށް މިއަދު ...

09 Apr 2022 | 18:32

ހުޅުމާލޭގައި މުދާ އުފުލާ ލިފްޓެއް ވެއްޓި 2 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ހުރި ގުދަނެއްގައި މުދާ އުފުލުމަށް ބޭނުންކުރާ ލިފްޓެއް ވެއްޓި ދެ މީހަކަށް އަނިޔާ ވެފައިވާ ކަމަށް މިއަދު ހަވީރު 5:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި މި ހާދިސާގައި އަނިޔާވީ 2 ބިދޭސީންނަށްކަމަށާއި، އެ މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

ހާދިސާގައި އަނިޔާ ލިބުނު ދެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް