އެންމެ ފަހުން ބޭއްވުނު އޮސްކާ އެވޯޑް ހަފުލާގައި ޝޮ ހުށަހަޅައިދޭން ހުރި ކޮމީޑިއަން ކްރިސް ރޮކްގެ މޫނުމަތީގައި ވިލް ސްމިތު ޖެހި މައްސަލައިގައި އޭނާއަށް، އޮސްކާ އިން ބާއްވާ ހަފްލާތަކަށް ދިއުން 10 އަހަރަށް މަނާކޮށްފިއެވެ.
ބޮޑެތި މަޝްވަރާ ތަކަށްފަހު އޮސްކާ އެވޯޑް ހަފުލާ އިންތިޒާމުކުރާ އެކެޑަމީ ވަނީ ވިލް ސްމިތު އަށް ކުރިއަށް އިތް 10 އަހަރު ދުވަހު އެ އެކަޑަމީގެ އެއްވެސް އިވެންޓަކަށް، ޕްރޮގްރާމަކަށް އަދި އެވޯޑް ހަފްލާއަކަށް ނުދެވޭނެ ކަމަށް ކަނޑައަޅާފައި އެވެ.
އެކަޑަމީން އެންގި މި ބޮޑު އެންގުމާގުޅިގެން މި ނިންމުމަށް އިހްތިރާމު ކުރާކަމަށް ބުނެ ވިލް ސްމިތުވެސް ވަނީ ބަޔާނެއް ނެރެފައެވެ.
ވިލް ސްމިތް އަށް މިވަރުގެ ބޮޑު އަދަބެއް ދޭން ނިންމީ މިދިޔަ މަހުގެ 27 ވަނަދުވަހު ބޭއްވުނު އޮސްކާ އެވޯޑް ހަފްލާގައި ވިލް ސްމިތުގެ އަންހެނުން ގެ ބޯބާލާފަ ހުރުމުން، އެކަމާގުޅިގެން ރޮކް ޖެހި ޖޯކަކާ ގުޅިގެން އެކަމާ ރުޅިއައިސްރިކްގެ މޫނުމަތީގައި ޖެހުމާއި ގުޅިގެނެވެ. އަދި ޖެހުމަށް ފަހު ވިލް ސްމިތް ވަނީ އޭނާގެ އަންހެނުންގެ ނަން ނުގެނުއުމަށް ބުނެ ވަރަށް ހަޑިކޮށް ވާހަކަދައްކާފައެވެ.
މި އަމަލިތައް ހިނގި ނަމަވެސް ވިލް ސްމިތް އަށް ވަނީ އެންމެ މޮޅު އެކްޓަރުގެ އެވާޑް ހަމަ އެ ހަފްލާގައި ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް