މަޝްހޫރު ޗޮކޮލެޓް ބްރޭންޑް ފެރާރޯގެ ކިންޑަރ ޗޮކޮލެޓް ފެކްޓަރީއެއް ބަންދު ކުރުމުން ސައުދީ އަރަބިއްޔާގެ ބާޒާރުގައި ވިއްކަން ބަހައްޓާފައި ހުރި "ކިންޑާ ސަޕްރައިޒް މެކްސީތައް ނަގައިފި އެވެ.
އެ ޗޮކުލެޓުތައް ނަގާފައިވަނީ ކާނާ ވިހަވުމާއި ގުޅުންހުރި ބައްޔެއް ކަމުގައިވާ ސަލްމޮނެއްލާ ފެތުރޭކަމަށް ލަފާކޮށް ކިންޑަރ ޗޮކްލެޓް ފެކްޓަރީއެއް ބަންދުކުރުމުންނެވެ. ބަންދު ކޮށްފައިވަނީ ބެލްޖިއަމްގައި ހުންނަ އެ ކުންފުނީގެ އެންމެ ބޮޑު ފެކްޓްރީ އެވެ.
ސައުދީގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު އެންގުމެއްގައި ބުނެފައިވަނީ ލިބިފައިވާ ސިއްހީ އެލާޓުގައި ވާގޮތުން ކިންޑާގެ އުފެއްދުންތަކުގެ ތެރެއިން ބެކްޓީރިއާ ހުރިކަމަށް ބެލެވެނީ އެ ކުންފުނީގެ އުފެއްދުމެއްކަމަށްވާ ސަޕްރައިޒް މެކްސީގެ ބެޗެއްގައި އެވެ. އެހެންވެ ކިންޑާ ސަޕްރައިޒް މެކްސީގެ ހުރިހާ ބެޗުތަކެއް ނެގުމަށް އެންގީ ކަމަށް ބުނެފަވެ އެވެ.
އެ ކުންފުނީގެ ފެކްޓްރީ ބަންދު ކުރީ އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ސަލްމޮނެއްލާ ފެތުރެމުން ދަނީ ކިންޑާ ޗޮކޮލެޓާއި ގުޅުންހުރެގެން ކަމަށް ތުހުމަތު ކުރުމުންނެވެ. އެގޮތުން ދެ ހަފްތާއެއްހާދުވަހު އިނގިރޭސިވިލާތުން އެކަނި ސަލްމޮނެއްލާގެ 63 ކޭސް، ފްރާންސުން 21 ކޭހެއް ފެނިފައިވާއިރު އޭގެ ތެރެއިން 15 ކޭސް ގުޅެނީ ކިންޑަރ ޗޮކޮލެޓާއި ކަމަށް ބުނެފައިވެއެވެ.
އެކަމަކު އެ ކުންފުނިން ވަނީ އެއްވެސް ތަހުލީލަކުން އުފެއްދުންތަކުގައި ސަލްމޮނެއްލާ ހުރިކަމަށް ނުފެންނަ ކަމަށް ބުނެފަ އެވެ.
ސަލްމޮނެއްލާ އަކީ މި ބާވަތުގެ ބެކްޓީރިއާ ހަށިގަނޑުގެ ތެރެއަށް ވަނުމުން ބޭރަށް ހިންގުމާއި ހޮޑުލުމުގެ އިތުުރުން ބަނޑު ސަކަރާތްވުން ހިމެނޭ ބައްޔެކެވެ. މައިގަނޑުގޮތެއްގައި ސަލްމޮނެއްލާ ބެކްޓީރިއާ އުފެދެނީ ކާބޯތަކެއްޗާއި އިންސާނުންގެ ނޫނީ ޖަނަވާރެއްގެ ބޮޑުކަމުދާތަކެއްޗާއި އެ ކާބޯތަކެއްޗެއް ތަޣައްޔަރުވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް