އެލައިޑް އިންޝުއަރަންސް އިން ރަމަޟާން މޮޓޯ ކެމްޕެއިން ފަށައިފި

އެލައިޑް އިންޝުއަރަންސް ކުންފުންޏާއި އެކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލް ގުޅިގެން ރަމަޟާން މޮޓޯ ކެމްޕެއިން ލޯންޗްކޮށްފިއެވެ. މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އިއްޔެއިން ފެށިގެން 22 މެއިގެ ނި...

09 Apr 2022 | 09:26

އެލައިޑް އިންޝުއަރަންސް ކުންފުންޏާއި އެކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލް ގުޅިގެން ރަމަޟާން މޮޓޯ ކެމްޕެއިން ލޯންޗްކޮށްފިއެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އިއްޔެއިން ފެށިގެން 22 މެއިގެ ނިޔަލަށެވެ.

މިކެމްޕެއިންގެ ދަށުން މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންސް ވަރަށް ހެޔޮ އަގުގައި ލިބޭނެ އިންތިޒާމްވަނީ އެލައިޑުން ހަމަޖައްސާފައެވެ.

އަދި ބައްލަވައިގަންނަވާ ކޮންމެ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭނަކާއި އެކު، ގޭތެރޭގައި ހުންނަ ސާމާނު ރައްކާތެރިކުރެވޭ ހޯމް ކޮންޓެންޓް ޕްލޭންގެ ވައުޗަރެއް މުޅިން ހިލޭ ލިބޭނެ ކަމަށް އެލައިޑުން ހާމަކުރެއެވެ.

އެލައިޑުން ބުނީ 150،000 ރުފިޔާގެ ސާމާނަށް ކަވަރޭޖް ލިބޭ ގޮތަށް އޮންލައިންކޮށް www.myallied.mv ރެޑީމްކޮށްލެވޭ، ބޭނުން ފަރާތަކަށް ހަދިޔާވެސް ކޮށްލެވޭނެ ޕްލޭނެއްކަމުގައެވެ.

އަދި ރަމަޟާން މޮޓޯ ކެމްޕެއިން ފަށާފައިވަނީ 20-25 އިންސައްތައިގެ ބޮޑެތި ޑިސްކައުންޓް އަގުތަކަކާ އެކު ކަމަށް އެލައިޑުން ހާމަކުރެއެވެ. ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންސް އިން ސައިކަލު ރައްކާތެރިކުރުމުގެ އަގު އެވްރެޖްކޮށް 695 ރުފިޔާއާއި ހަމައަށް ތިރިކޮށްފައިވާއިރު ކާރު، ޖީޕް ފަދަ އުޅަނދު ރައްކާތެރިކުރުމަށް ހޭދަވަނީ އެންމެ 2,875 ރުފިޔާގެ ރޭންޖްގައި ހިމެނޭ އަދަދެކެވެ.

ވެހިކަލަށް ފުރިހަމަ ރައްކާތެރިކަން ލިބޭގޮތަށް ފަރުމާކޮށްފައިވާ ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންސްއިން ރައްކާތެރިކަން ލިބޭ އާންމު ހާލަތްތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާތަކުންނާއި ފެންބޮޑުވުމުން ލިބޭ ގެއްލުން ހިމެނެއެވެ.

އަދި މީހުން ގަސްދުގައި ދޭ ގެއްލުމާއި މަތިން އެއްޗެއް ވެއްޓިގެން އުޅަނދަށް ލިބޭ ގެއްލުންތަކާއި އެހެނިހެން ހާލަތްތައްވެސް ކަވަރު ކުރެއެވެ.

އެލައިޑް ރަމަޟާން ކެމްޕެއިނާއި ބެހޭގޮތުން މައުލޫމާތު ހިއްސާކުރަމުން އެ ކުންފުނިން ބުނީ ކާރުބާރު ބޮޑު މާލޭގެ މަގުތަކުގައި ދުއްވާއިރު ވެހިކަލަށް ފުލް ކަވަރއެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަމިއްލަ ޖީބުން ހޭދަކޮށްގެން ނަގާ ޕްލޭންސްއިން އަމިއްލަ ވެހިކަލަށް ލިބޭ ގެއްލުންތަކަށް ރައްކާތެރިކަން ނުލިބޭ ވާހަކައަށް ކޮމްޕްރިހެންސިވް މޮޓޯއަކީ ދާއިމީ ހައްލެކެވެ.

އެލައިޑުގެ އަމާޒަކީ ރަމަޟާން ކެމްޕެއިންގެ ތެރެއިން ކުންފުނިން ފޯރުކޮށްދޭ އާންމުންނަށް ބޭނުންތެރި ހިދުމަތްތަކާއި ގުޅޭ އެވެއަރނެސް އިތުރުކޮށް ހެޔޮއަގުގައި ހުރިހާ ފަރުދުންނަށްވެސް މިހިދުމަތް ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. އެލައިޑުން ބުނީ މިކެމްޕެއިނުގެ މަޤްސަދަކީ މަގުމަތީގައިވެސް އަދި ގޭތެރޭގައިވެސް ދިވެހި އާއިލާތައް އެކީ ރައްކާތެރިކޮށް، ރަމަޟާން މަހުގެ އުފާ އަހަރަކަށް ދެމިގެންދާ ގޮތަށް ފޯރުކޮށްދިނުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް